އެޗްޕީއޭ އިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1572 ސާމްޕަލް ނަގާފައިވާއިރު ޕޮޒިޓިވްވީ 24 މީހެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.
މިއަދު ޕޮޒިޓިވްވި 24 މީހުންނަކީވެސް މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 11،178 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 10،097 އަށް އަރާފަ އެވެ.
މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 1،138 ގައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 369 މީހަކު ތިބިއިރު ހޮސްޕިޓަލުގައި 43 މީހަކަށް ދަނީ ފަރުވާދެމުންނެވެ.
ރާއްޖެއިން މިއަދު ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެފައިވާއިރު ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 36 އަކަށް އަރާފައެވެ.