ads
ވިލިނގިލީ ކޮވިޑް ފެސިލިޓީ--
އަތޮޅުތެރޭގެ ކޮވިޑް ފެސިލިޓީތަކުގައި ފަރުވާދެމުންދިޔަ އެންމެން ރަނގަޅުވެއްޖެ
އަތޮޅުތެރޭގެ ފެސިލިޓީތަކުގައި ކޮވިޑް-19 އަށް ފަރުވާދެމުންދިޔަ އެންމެން ބަލިން ރަނގަޅުވެގެން ދޫކޮށްލައިފި އެވެ.

އެޗްޕީއޭއިން އާއްމުކުރާ ކޮވިޑް-19 ގެ މައުލޫމާތުތަކަށް ބަލާއިރު މީގެ ކުރިން ގއ. ވިލިނގިލި ކޮވިޑް ފެސިިލިޓީގައި ފަސް މީހަކަށް ދިޔައީ ފަރުވާދެމުންނެވެ. އެހެންނަމަވެސް މިރޭ އެޗްޕީއޭއިން އާއްމުކުރި ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމަތުތަަކަށް ބަލާއިރު އަތޮޅުތެރޭގެ އެއްވެސް ފެސިލިޓީއެއްގައި މިވަގުތު އެއްވެސް މީހަކަށް ފަރުވާދެމުން ނުދެއެވެ. 

އަތޮޅުތެރޭގައި ކޮވިޑް-19 އަށް ފަރުވާދިނުމަށް ހަތް ރަށެއްގައި ކޮވިޑް ފެސިލިޓީތައް ވަނީ ގާއިމްކުރެވިފައެވެ. އެއީ ހއ. އިހަވަންދޫ ކޮވިޑް ފެސިލިޓީ، ށ. އަތޮޅު ކޮވިޑް ފެސިލިޓީ، ބ. އަތޮޅު ކޮވިޑް ފެސިލިޓީ، ލ. ގަން ކޮވިޑް ފެސިލިޓީ، ގއ. ވިލިގިލި ކޮވިޑް ފެސިލިޓީ، ޏ. ފުވައްމުލައް ކޮވިޑް ފެސިލިތީގެ އިތުރުން އައްޑޫ ކޮވިޑް ފެސިލިޓީއެވެ.

މިއަދު މާލޭ ސަރަހައްދުން 24 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 11،178 އަށް އަރާފައިވާއިރު ބަލި ޖެހުނު މީހުންގެ ތެރެއިން 10،097 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިވަގުތު ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ 43 މީހަކަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް