ads
ރައީސް ސޯލިހް އިއްޒުއްދީން ސްކޫލްގެ ދަރިވަރުންތަކަކާއި އެކު - ފޮޓޯ: ސަން
ސްކޫލަށް ގެންގޮސްގެން ހަތަކުން ދަށުގެ ދަރިވަރުންނަށް މިއަހަރު ނުކިޔަވައިދޭނެ
މިއަހަރު ގްރޭޑް ހަތަކުން ދަށުގެ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލުތަކަށް ގެންގޮސްގެން ކިޔަވައިނުދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ އަންނަ ހޯމަ ދުވަހު ގްރޭޑް އަށެއްގެ ދަރިވަރުން ސްކޫލުތަކަށް ގެންގޮސް ކިޔަވައިދޭން ފަށަން ނިންމާފައިވާއިރު މިމަހުގެ 25 ގައި ގްރޭޑް ހަތެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ. 

އެގޮތުން އޮކްޓޫބަރު މަސް ނިމެނިކޮށް ގްރޭޑް ހަތެއްގެ ކިޔެވުން ފަށަން ޖެހިފައިވާއިރު އޭގެ ހަފުތާއެއް ފަހުން އޮންނާނީ ނޮވެމްބަރަށް އެޅިފައި ކަމަށް ވިދާޅުވި އެވެ. އަދި އެ ދުވަސް އޮންނާނީ އިމްތިހާނުތައް ކަމަށާއި އެއީ އަލަށް ކުދި ބަޔަކު ސްކޫލަށް ގެންގޮސް ކިިޔަވައިދެވޭނެ ދުވަސްވަރެއް ނޫން ކަމަށް ވިދާޅުވި އެވެ. 

ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ގްރޭޑް ހަތަކުން ދަށުގެ ކުދިންނަށް މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ކިޔަވައިދޭނީ މިހާރު ވެސް ކިޔަވައިދެމުންދާ ގޮތަށް އޮންލައިންކޮށް ކަމަށެވެ. 

ކޮވިޑާ ގުޅިގެން މާލޭގެ ސްކޫލުތައް ބަންދު ކުރީ މާޗް 12 ގައެވެ. އޭރުން ފެށިގެން ދަރިވަރުންނަށް ކިޔަވައިދެމުން ދިޔެއީ އޮންލައިންކޮށެވެ. 

އޭގެ ފަހުން ޖުލައި 1 ގައި ގްރޭޑް ނުވައަކުން މަތީގެ ކުދިންނަށް ސްކޫލުތައް ހުޅުވާލި އެވެ. ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވާން ފެށުމުން އޮގަސްޓް 9 ވަނަ ދުވަހު ސްކޫލުތައް ބަންދު ކުރި އެވެ. 

މާލޭގެ ސްކޫލުތައް ދަރިވަރުންނަށް އަލުން ހުޅުވާލަމުން ދާއިރު މިހާރު ވަނީ ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް ދަށްކުރެވިފަ އެވެ. އަދި ހާލަތަށް ބަލާއި އިތުރު ގްރޭޑްތަކަށް ދަނީ ކިޔަވައިދޭން ފަށަމުންނެވެ. 

50%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް