ads
އަރުމޭނިއާ، އަޒަރުބައިޖާން، ނަގޯނޯ-ކަރަބަހް ސަރަހައްދު--
ނަގޯނޯ-ކަރަބަހް މައްސަލަ: ހަމަނުޖެހުން ހުއްޓާލަން އަނެއްކާވެސް އެއްބަސްވުމެއް
އަރުމޭނިއާ އާއި އަޒަރުބައިޖާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުން ވަގުތީ ގޮތުން ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެއްޖެ އެވެ.
Advertisement

ނަގޯނޯ-ކަރަބަހްގެ މައްސަލައިގައި ދެ ގައުމުގެ ދޭތެރޭ ހިނގަމުންދާ ހަމަނުޖެހުން ރޭ މެންދަމު 12:00 އިން ފެށިގެން ހުއްޓާލަން ދެ ގައުމުން އެއްބަސްވުމަކަށް އައިސްފައިވާ ކަން ވަނީ އިއުލާނުކޮށްފަ އެވެ.

މީގެ ހަފްތާއެއް ކުރިން ރަޝިޔާ މެދުވެރިއަކަށް ހުރެ، އަރުމޭނިއާ އާއި އަޒަރުބައިޖާން އާ ދެމެދު ވަނީ ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. ނަމަވެސް އެއްބަސްވުމަކަށް އައިތާ ގަޑިއިރެއްގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ހަމަލާ ބަދަލުކުރަން ފަށައިފައިވާ އިރު، ދެ ގައުމުން ވެސް ވަނީ އެއް ގައުމު އަނެއް ގައުމަށް ތުހުމަތުގެ އިނގިލި ދިއްކޮށްފަ އެވެ.

އެއްބަސްވުން އެކުލަވާލުމުގައި މެދުވެރިއަކަށްވި ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގެއީ ލަވްރޯވް ވަނީ މިދިޔަ ހޮނިހިރު ދުވަހު އަރުމޭނިއާ އާއި އަޒަރުބައިޖާންގެ ފޮރިން މިނިސްޓަރުންނާ ގުޅުއްވައި ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް އިހްތިރާމް ކުރެއްވުމަށް ގޮވައިލައްވާފަ އެވެ.

ނަގޯނޯ-ކަރަބަހްގެ މައްސަލައިގައި 1990 ގެ ކުރީކޮޅު އަޒަރުބައިޖާން އާއި އަރުމޭނިއާ އާ ދެމެދު ހިނގި ހަމަނުޖެހުމުގައި 15،000 އަށް ވުރެ ގިނަ އާންމުންނާއި ސިފައިން ވަނީ މަރުވެފަ އެވެ. އެއަށްފަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް 1994 ގައި ދެ ގައުމުން ވެސް ވަނީ އެއްބަސްވެފަ އެވެ. ބައިނަލްއަގުވާމީ ގޮތުން ނަގޯނޯ-ކަރަބަހް އަޒަރުބައިޖާންގެ ބައެއްގެ ގޮތުގައި ބަލައިގެންފައިވާ އިރު، ނަގޯނޯ-ކަރަބަހްގައި ހިނގަމުންދަނީ އެ ސަރަހައްދުގައި ތިބި އަރުމޭނިއާ ދަރިފަސްކޮޅުގެ މީހުންގެ ބާރެވެ.

އަރުމޭނިއާ ދަރިފަސްކޮޅުގެ ވެރިކަމެއް އޮންނަ ނަގޯނޯ-ކަރަބަހް ސަރަހައްދުގެ ފޮރިން މިނިސްޓްރީއިން ވަނީ އެ ސަރަހައްދުގެ މައްސަލައިގައި އަޒަރުބައިޖާން އާއި އަރުމޭނިއާ އާ ދެމެދު ހިނގަމުންދާ ހަމަނުޖެހުން ވަގުތީ ގޮތުން ހުއްޓާލުމަށް ރަޝިޔާ އާއި ގުޅިފައިވާ ގައުމުތަކުން އެއްބަސްވުމެއް އެކުލަވާލުމަށް ކުރި މަސައްކަތަށް މަރުހަބާ ކިޔައިފައެވެ. އަދި އެއްބަސްވުން ދެމެހެއްޓުމަށް ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމަށް ނަގޯނޯ-ކަރަބަހް ސަރަހައްދުގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް