ads
ރިއާ (ކ) އަދި އަންކިތާ--
އަންކިތާ ގޮވައިގެން ރިއާ ކޯޓަށް ދަނީ
އެކްޓްރެސް ރިއާ ޗަކްރަބަތީއާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފެތުރި މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރިއާގެ ލޯބިވެރިޔާ އަދި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރާ ގުޅިގެން ފެންމަތިވި މަސްތުވާތަކެތީގެ މައްސަލާގައި ރިއާ ހައްޔަރު ކުރުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

އޭރު ރިއާގެ އަބުރަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކި މީހުންގެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ވެއެވެ. އޭގެ ތެރޭގައި ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ ހިމެނެ އެވެ. 

އަންކިތާ ވަނީ ސުޝާންތަށް އިންސާފު ހޯދުމަށް ގޮވާލާ ސޯޝަލް މީޑިއާގައި ގިނަ ޕޯސްޓުތަކެއް ދައުރުކޮށްފަ އެވެ. އަދި ބެދިފައިވާ ކުދި ތަންތަން ދެކެ ސުޝާންތު ބިރު ގަންނަ ކަމަށް ރިއާ ދެއްކި ވާހަކައަކީ ދޮގެއް ކަމަށް ވެސް ބުނެފައި ވެއެވެ.

"މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ" އިން ފެނުނު އަންކިތާ އެހެން ބުނީ ފްލައިޓެއްގެ ތެރޭގައި ސުޝާންތު ހެވިފައި އިންނަ ފޮޓޯއެއް ހިއްސާ ކުރަމުންނެވެ. އޭގެ އިތުރުން ވެސް ސުޝާންތަކީ ކުދި ފްލައިޓުތަކުގައި ދަތުރުކޮށް ހެދި މީހެއް ކަމަށް އޭނާ ބުނެފައި ވެއެވެ. 

ސުޝާންތުގެ އާއިލާއިން ވެސް ވަނީ އަންކިތާ ދެއްކި ވާހަކައަކީ ތެދެއް ކަމަށް ބުނެފަ އެވެ. އޭގެ އިތުރުން ސުޝާންތުގެ ޑިޕްރެޝަން މައްސަލައެއް ނުހުންނަ ކަމަށް ބުނެ ގިނަ އިންޓަވިއުތަކެއް ވެސް އަންކިތާ ދީފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް