ޕްރޮޑިއުސަރު އަނޫރާގް ކަޝްޔަޕްއަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރަމުންދާ ޕާޔަލް ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި އިންސާފު ހޯދުމަށް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.
ފިލްމު ޑިރެކްޓު ކުރުމުގައި ވެސް އުޅޭ އަނޫރާގް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
އެ މައްސަލައިގެ ތެރެއަށް އިންޑިއާގެ ސިޔާސީ ބޭފުޅަކު މި ވަނީ ވަދެފަ އެވެ. ރިޕަބްލިކަން ޕާޓީގެ ރައީސް ރާމްދާސް ވިދާޅުވީ ޕާޔަލްއަށް އެއްބާރުލުން ދޭނެ ކަމަށެވެ.
މީގެ ކުރިން އާއްމުކުރި ވީޑިއޯއެއްގައި ޕާޔަލް ވަނީ އަނޫރާގް އޭނާއަށް ޖިންސީ ފުރައްސާރަ ކުރި ގޮތް ކިޔައިދީފަ އެވެ. އަދި ޕާޔަލް އެކަމަށް އިންކާރު ކުރުމުން އޭނާއާއެކު ކުރިން އުޅުނު އެހެން އަންހެން ތަރިންގެ ވާހަކަތައް އަނޫރާގް ކިޔައިދިން ކަމަށް ވެސް ޕާޔަލް ބުނެފައި ވެއެވެ.