ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން މިހާތަނަށް 10 އެއާލައިންއަކުން ވަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށާފަ އެވެ.
އަދި މިމަހުގެ ތެރޭގައި ބްރިޓީޝް އެއާވޭސް އާއި ލުފްތަންސާ، އަދި ފްލައި ދުބާއީގެ އިތުރުން ނޯޑްވިންޑް އިން ދަތުރުތައް ފަށާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓްރީން ބުނެއެވެ.
15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެ އައަިސްފައިވާ އެއާ ލައިންތައް:
މިއެއާލައިންތަކުން ޖުމުލަ 13،406 ދަތުރު ރާއްޖެއާއި ދެމެދު ބާއްވާފައިވާއިރު ބޯޑަރު ހުޅުވާލިފަހުން އެނެމެ ގިނަ ދަތުރުތައް ބާއްވާފައިވަނީ ގަތަަރު އެއާވޭސް އިންނެވެ. އެ އެއާވޭސްއިން 60 ފަހަރެއްްގެ މަތިން ޖުމުލަ 4566 ދަތުރު ރާއްޖެއާއި ދެމެދު ކޮށްފައިވެއެވެ.
ދެން އެންމެ ގިނައިން ދަތުރުތައް ބާއްވާފައިވަނީ އެމިރޭޓްސްއިންނެވެ. އެމިރޭޓްސްއިން 50 ފަހަރެއްގެ މަތިން 4058 ދަތުރުކޮށްފައިވެ އެވެ. އަދި އެއިރޯފްލޮޓްއިން 12 ފަހަރެއްގެ މަތިން 1820 ދަތުރު ކޮށްފައިވާއިރު އިންޑިގޯއިން 16 ފަހަރެއްގެ މަތިން 845 ދަތުރު ކޮށްފައިވެއެވެ.
މޯލްޑިވިއަން 32 ފަހަރެއްގެ މަތިން 672 ދަތުރުކޮށްފައިވާއިރު ސްރީލަންކަން އެއާލައިން އިން 60 ފަހަރެއްގެ މަތިން 565 ދަތުރު ބާއްވާފައިވެ އެވެ. އަދި އެއާ އިންޑިއާއިން 10 ފަހަރެއްގެ މަތިން 551 ދަތުރުކޮށްފައިވާއިރު އިއްތިހާދް އެެއާވޭސްއިން 24 ފަހަރެއްގެ މަތިން 236 ދަތުރުކޮށްފައިވެ އެވެ.
އެޑްލްވެއިސްއިން ދެ ފަހަރެއްގެ މަތިން 54 ދަތުރު ކޮށްފައިވާއިރު ޓާކިޝް އެއާލައިންސްއިން ކޮށްފައިވަނީ ހަތަރު ފަހަރެއްގެ މަތިން 39 ދަތުރެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް ވަނީ 26،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފަ އެވެ.
އަދި މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ފިޔަވައި އެހެން ރަށްރަށުގެ ގެސްޓްހައުސްތައް މިމަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލައިގެން ހިދުމަތްދޭން ފަށާފައިވާއިރު ރިސޯޓްތަކުން މިހާތަނަށް ކޮވިޑް-19 އަށް 39 މީހުންވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ 12 ރިސޯޓަކުން 14 ފަތުރުވެރިންނާއި ރިސޯޓްތަކުގައި މަސައްކަަތްކުރާ 25 މުވައްޒަފެކެވެ.