އެމްޑީޕީން ކޮންމެ ހަފްތާއަކު ނެރޭ "ހަބަރު ސިޓީ" އަށް ލިޔުއްވި "ތިޔަ ފަރިހި ބާވެއްޖެ" ލިޔުމުގައި އާޒިމް ވިދާޅުވީ "އިންޑިއާ އައުޓް" ގެ ނަމުގައި ކުރާ މަސައްކަތަކީ ސަރުކާރު ބަދަލުކޮށް "ދައުވާ އައުޓް" ކުރުމުގެ މަސައްކަތް ކަމަށެވެ.
އޭގެ އިތުރުން އާޒިމް ވަނީ ކޮރަޕްޝަނުގެ ތުހުމަތުން ސަލާމަތް ވާން މަސައްކަތް ކުރާ ކަމަށް ބެލެވޭ ބައެއް ލީޑަރުންގެ ނަން ވެސް އާއްމު ކުރައްވާފަ އެވެ. އާޒިމް ވިދާޅުވީ އެ ބޭފުޅުންނާ ގުޅޭ ހިޔާނާތުގެ ތަހުގީގުތައް ކުރިއަށް ދާ ކަމަށެވެ.
އާޒިމް ވިދާޅުވީ ރާއްޖެ ހިފައި މިލިޓަރީ ބޭސް ހެދުމަކީ އިންޑިއާއަށް ވާނެ ކަމެއް ނޫން ކަމަށާއި އިދިކޮޅުގެ ޒިންމާއަކަށް ވާންވީ ސަރުކާރުން ޖަވާބުދާރީ ކުރުވުން ކަމަށެވެ. އޭގެ އިތުރުން ކުރީގެ ސަރުކާރުން ޗައިނާ އާއެކު ބޭއްވި ގުޅުމަށް ވެސް ފާޑުވިދާޅުވި އެވެ.