ads
އަރުމޭނިއާ، އަޒަރުބައިޖާން، ނަގޯނޯ-ކަރަބަހް ސަރަހައްދު
ޔުނިސެފުން ނަގޯނޯ-ކަރަބަހް މައްސަލަ ކުށްވެރިކޮށްފި
ނަގޯނޯ-ކަރަބަހްގެ މައްސަލައިގައި އަރުމޭނިއާ އާއި އަޒަރުބައިޖާންގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުން އދ ގެ ޔުނިސެފުން ކުށްވެރިކޮށްފިއެވެ.

އެ ހަމަނުޖެހުން ކުށްވެރިކޮށް އިއްޔެ ޔުނިސެފުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހަމަލާތައް ބަދަލުކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ކުޑަކުދިންނަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ. އެގޮތުން ކުޑަކުދިން ޒަހަމްވާ އަދަދު އިތުރުވުމާއި، އެ ކުދިންގެ އާއިލާތަކަށްވެސް ނަފްސާނީގޮތުން ނޭދެވޭ އަސަރު ކޮށްފައިވާކަމަށް އެ ގައުމުގައި ބުނެފައި ވެއެވެ.

އަދި ޔުނިސެފުން ވަނީ މިދިޔަ ހަފްތާގައި ރަޝިއާ މެދުވެރިއަކަށްވެ ހުރެ އެކުލަވާލާފައިވާ އެއްބަސްވުމަށް އިހްތިރާމްކުރުމަށް އަރުމޭނިއާ އާއި އަޒަރުބައިޖާންގެ އިސްވެރިންނަށް ގޮވާލައިފައެވެ. މީގެ އިތުރުން، ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރުމަށް ގޮވާލައި، އެންމެ ފައިދާ ހުރި ގޮތަކީ ހަމަލާ ބަދަލުކުރުން ހުއްޓާލުން ކަމަށް ޔުނިސެފްގެ ބަޔާނުގައިވެ އެވެ.

ދާދިފަހުން އަރުމޭނިއާ އާއި އަޒަރުބައިޖާނުން ވަނީ ނަގޯނޯ-ކަރްބަހްގެ މައްސަލައިގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވުމަކަށް އައިސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް