ads
އެމްއެންޑީއެފުގެ މިއަހަރުގެ ގައުމީ ލަވަ އަލްބަމް--
އެމްއެންޑީއެފުގެ މިއަހަރުގެ ގައުމީ ލަވަ އަލްބަމް ނެރެފި
އެމްއެންޑީއެފުން ކޮންމެ އަހަރަކު ގައުމީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށް ނެރޭ "ގައުމީ ލަވަ އަލްބަމް"ގެ މިއަހަރުގެ އަލްބަމް ނެރެފި އެވެ.

މި އަހަރުގެ ގައުމީ ލަވަ އަލްބަމް ހާއްސަ ވެފައިވަނީ "ތެދުވެރިކަން - ގައުމިއްޔަތުގެ އަސްލު" މި ތީމަށެވެ. ޖުމްލަ އަށް ލަވަ ހިމެނޭ މި ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ ފުންނާބު އުސް ލަވަކިޔުންތެރިންނެވެ. 

އޭގެ ތެރޭގައި ހިމެނެނީ މުހައްމަދު އަބުދުލް ގަނީ، ސައިނާ، ސަމާ، ޖައިޝާ، ޙުސައިން  ހަމްދޫން، ރާފިޔަތު ރަމީޒާ، އިބްރާހީމް ވަހީދު (ބޮޑުބެ)، އިބްރާހީމް މަމްދޫހު (މަންޑޭ)، ހަސަން ތޮލާގް، ނާޝިދާ އަހްމަދު، މަރިޔަމް އުނޫޝާ، އަދި އިސްމާއީލް އައްފާނު، މުހައްމަދު ޝިއުޒު، ޕ. މުހައްމަދު މާހިދު (މާޓު)، އެވެ. 

މީގެ އިތުރުން ފަސްޓް ލެފްޓިނަންޓް ހުސައިން އަލީ އާއި ވޮރަންޓް އޮފިސާ އަބްދުﷲ އިލްހާމް އިބްރާހީމް (އިއްލެ)އާއި ޕްރައިވެޓް އައިމިނަތު ޢަނާނާ ޢާއި، އާއިޝަތު ޖައިޝާ ވަހީދު އާއި، މުސާ ތޯރިގު، އަދި ހަދީޖާ މުހައްމަދު (ރިޒޫ)، މުހައްމަދު ސުހެއިލް، އަހްމަދު ޖައިލަމް (ބޭ)، ޑރފާތިމަތު ޝިފްނާ (ޝިފޫ )، ޕްރައިވެޓް މޫސާ ކަލީމް، އަދި ޝަލަބީ އިބުރާހިމްގެ އިތުރުން މަރިޔަމް އަޝްފާ ހިމެނެއެވެ.

މިފަހަރުގެ ލަވަ އަލްބަމަށް ޅެން ހައްދާފައިވަނީ އަމީނާ މުފީދު، އާއި ޕްރައިވެޓް މުހައްމަދު މާހިދު (މާޓު) އާއި، އަލީ ޖައިޝާން އާމިރުގެ އިތުރުން، ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސައީދު އާއި، ޖައުފަރު އަބްދުލް ރަހްމާނު، އަދި މުހައްމަދު އަބުދުލް ގަނީ އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިފަހަރުގެ އަލްބަމްގައި ވެސް ގައުމީ ރޫހާއި ގައުމީ ޖޯޝުން ދައްކުވާދޭ ޅެންތަކެއް ހިމަނޭ ލަވަތައް ހިމެނެއެވެ. އެމްއެންޑީއެފްއިން ބުނީ އެ އަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް ބޭންޑު އެންޑް މިޔުޒިކް ވިންގުންކަމަށެވެ. އަދި އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިން ސާވިސް އިންކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ނެރުނު އެ އޯޑިއޯ އަލްބަމްގެ ބައެއް ވީޑިއޯ ލަވަތައް މިހާރު ވަނީ އެމްއެންޑީއެފްގެ އޮފިޝަލް ޔޫޓިއުބް ޗެނަލް އަށް އަޕްލޯޑު ކޮށްފައެވެ. އަދި އެ އަލްބަމްގެ ލަވަތައް އެމްއެންޑީއެފް ޔޫޓިއުބް ޗެނަލްއިން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ގައުމީ ދުވަހާއި ގުޅުވައިގެން އެމްއެންޑީއެފްގެ ފަރާތުން  ގައުމީ ލަވަ ސީޑީ ނެރެންފެށީ 2002 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގެ ވެސް ގައުމީ ދުވަހާއި ގުޅުވައިގެން އެމްއެންޑީއެފްއިން ދަނީ އަހަރުން ފެށިގެން ނެރެވެމުން އަންނަ "ގައުމީ ލަވަ އަލްބަމް"ގެ ނަމުގައި އަލްބަމް ތަކެއް ނެރެމުންނެވެ. 

އެގޮތުން މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ނެރުނު މި އަލްބަމަކީ އޭގެ 19 ވަނަ އަލްބަމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް