ads
ލަންކާ--
ލަންކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 5000 އިން މައްޗަށް
މި މަހު ކުރީކޮޅު ސްރީލަންކާގެ ގާމެންޓް ފެކްޓަރީއަކުން ޕޮޒިޓިވްވި މީހާއާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކަށް ކޮވިޑް ޖެހި، އެގައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 5000 އިން މައްޗަށް އަރައިފި އެވެ.

ލަންކާގައި ކޮވިދް ކޮންޓްރޯލްކުރެވިފައި އޮތުމަށް ފަހު މި މަހު ހައަކުން ފެށިގެން ސްރީލަންކާގެ ގާމެންޓް ފެކްޓަރީއަކުން ވަނީ ކޮވިޑް-19 ގެ ކޭސްތައް ފެންނަން ފަށާފަ އެވެ. އެގޮތުން މިއަދު ފެކްޓަރީ އާއި ގުޅުންހުރި 42 ކޭހެއް ފާހަގަކުރެވިފައިވާ އިރު، އޭގެ ތެރެއިން 22 ކޭހަކީ ފެކްޓަރީގައި މަސައްކަތްކުރާ މުވައްޒަފުންނާއި ގުޅުންހުރި ކޭސްތަކެވެ. ބާކީ 20 ކޭހަކީ މުވައްޒަފުންނާއި ގުޅުންހުރި ފަރާތްތަކާއި ގުޅިފައިވާ ކޭސްތަކެވެ.

އެހެންކަމުން ސްރީލަންކާގެ ގާމެންޓް ފެކްޓަރީ އިން މިހާތަނަށް 2014 ކޭސް ފެނިފައިވާ އިރު، މިއީ ދެ މަސްދުވަހަށް ފަހު ސްރީލަންކާ އިން ފުރަތަމަ ފަހަރަށް ފެނުނު ކޮމިއުނިޓީ ސްޕްރެޑެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސްރީލަންކާ އިން ވަނީ ފުރަތަމަ ދުވަސްކޮޅު އެންމެ ގިނައިން ބަލިޖެހިފައިވާ މީހުން ތިބި ސަރަހައްދުތަކުގައި ކާފިއު ހިންގައި، ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކޮށް އާންމު ދަތުރުފަތުރުގެ ހިދުމަތްތައް ބައެއް ސަރަހައްދުތަކުގައި މަނާކޮށްފައެވެ. ދާދިފަހުން ލަންކާ އިން ވަނީ ކާފިއު ހިންގާ ސަރަހައްދު އިތުރުކޮށްފަ އެވެ.

މިހާރު ސްރީލަންކާގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާ އިރު، ދާދިފަހުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 5000 އަށް ވުރެ މައްޗަށް އަރާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް