ads
މާލޭ ސްވިމިން ޓްރެކް--ފޮޓޯ: އެޑިޝަން
މާލޭ ސްވިމިން ޓްރެކްގައި ޑައިވިން ޕްލެޓްފޯމެއް އަޅަނީ
މާލޭ އިރުދެކުނު ފަރާތުގައި ގާއިމްކޮށްފައިވާ ސްވިމިން ޓްރެކްގައި ޑައިވިން ޕްލެޓްފޯމެއް ގާއިމްކުރުމަށް ބޭނުންވާތީ އެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

ޔޫތް މިިނިސްޓްރީން ބުނީ އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކުން އެ ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް އޮކްޓޫބަރު 19 އިން 21 އަށް ލިންކު މެދުވެރިކޮށް "ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެެވެ.

އަދި ބީލަން ހުށަހެޅޭނީ އެ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20،000 ރުފިޔާ ހުށަހަޅަންޖެހޭއިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަސް ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. 

ޔޫތް މިނިސްޓްރީން ބުނީ ސައިޓް ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮކްޓޫބަރު 24 ވާ ހޮނިހިރު ދުވަހުގެ 11:00 ގައި މާލޭ އިރުދެކުނުފަރާތު ސްވިމިން ޓްރެކްގައި އޮންނާނެ ކަމަށެވެ.

އަދި އެ ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ މިމިހުގެ 22 ވަނަ ދުވަހުގެ ކުރިން ސްވިމިން އެސޯސިއޭޝަން އަށް އީމެއިލް ކުރުމަށް އެ މިނިސްޓްރީން އެދިފައިވެ އެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހުގެ 11:00 ގައި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މީޓިން ރޫމް ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް