އެޗްއީއޯސީން މިއަދު ބުނީ ކުޅުދުއްފުށިން މިމަހު ފެނިފައިވާ ކޭސްތަކާއި ގުޅިގެން ކުރިއަށް ގެންދެވުނު ކޮންޓެކްޓް ޓްރޭސިން އަދި ޓެސްޓިންއާ ގުޅިގެން ރޭ ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އަދި އެކަމާއި ގުޅިގެން ބަލި ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުން އަންނައިރު އެޗްޕީއޭ އާއި ޓާސްކް ފޯހުން ކުރެވުނު މަޝްވަރާތަކާއެކު ވަނީ ގައިޑަންސް ދެވިފައި ކަމަށް އެޗްއީއޯސީން ބުނެ އެވެ.
އޭގެ އިތުރަށް ބުނީ މިހާތަނަށް ފެނިފައިވާ ގޮތުން ރަށުގައި ވަނީ ލޯކަލް ޓްރާންސްމިޝަނެއް ކަމަށެވެ. ކުޅުދުއްފުށީ މިވަގުތު މޮނިޓަރިންގައި އޮތްއިރު އެރަށު ކައުންސިލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.