ads
ޖަސްޓިން ބީބާ ކުޑައިރު އަދި މިހާރު--
ކުޑައިރު މަޝްހޫރުވުމުގެ ނަތީޖާ ޖަސްޓިން ބީބާގެ "ލޯންލީ" އިން
ޖަސްޓިން ބީބާގެ އާ ލަވަ، "ލޯންލީ" ގެ މިއުޒިކް ވީޑިއޯއިިން ދައްކުވައި ދެނީ ކުޑައިރު މަޝްހޫރު ކަން ލިބުމުން އެކަނިވެރިކަން އިހުސާސް ކުރެވޭ ކުއްޖެއްގެ ވާހަކަތަކެވެ.

ހުކުރު ދުވަހުގެ މެންދަމު 12 ޖެހިއިރު ރިލީޒް ކުރި މި ވީޑިއޯ ލަވައިން ފެންނަނީ ޖަސްޓިންގެ ހަޔާތް ކަމަށް ބެލެވެ އެވެ. ހޮނިހިރު ދުވަހާ ހަމައަށް އެ ލަވައަށް ވަނީ އަށް މިލިއަން ވިއުޒް ލިބިފަ އެވެ. 

އެ ލަވާގައި ޖަސްޓިންގެ ރޯލުން ފެނިގެންދާ އުމުރުން 14 އަހަރުގެ ޖޭކޮބް ޓްރެމްބްލޭ ވަނީ ޖަސްޓިން މަޝްހޫރުވި އިރު، ނެށި ގޮތަށް ނަށާ ހަދާފަ އެވެ. ވަކިން ހާއްސަކޮށް "މައި ވޯލްޑް" ޓުއާގައި ޖަސްޓިން ލައިގެން ހުރި ކަހަލަ ހެދުން މައިގެން ހުރުމުން އެކަން ފާހަގަވެ އެވެ.

މިހާރު އުމުރުން 26 އަހަރުގެ ޖަސްޓިންގެ ލަވަކިޔުމުގެ ހުނަރު މެނޭޖަރު ސްކޫޓާ ބްރައުންއަށް ފާހަގަވީ އޭނާގެ އުމުރުން 13 އަހަރުގަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖަސްޓިން ވަނީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ވާހަކަތަކެއް ހިއްސާކޮށްފަ އެވެ. 

އެގޮތުން އޭނާއަށް އުމުރުން 18 އަހަރު ވީއިރު، އަތުގައި އެތައް މިލިއަން ޑޮލަރެއް ހުރި ކަމަށާއި ނަމަވެސް ދިރިއުޅުމުގެ މުހިއްމު ކަމެއް ދަސްވެފައި ނެތް ކަމަށެވެ. އެއީ ޅަ ޒުވާނަކަށް ނުރައްކާތެރި ދަނޑިވަޅެއް ކަމަށް ބުނެފައި ވެއެވެ.

އަދި ކުރިން ކުރެވިފައިވާ ބައެއް ކަންކަމާ މެދު ހިތާމަ ކުރާ ކަމަށް ވެސް ޖަސްޓިން އޭރު ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް