ads
ބަޔަކު މާސްކު އަޅައިގެން--
40 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހިއްޖެ
މުޅި ދުނިޔޭގައި ކޮވިޑް-19 ގެ ޖުމްލަ ކޭސްތައް 40 މިލިއަން ފަހަނަހަޅައި ގޮސްފި އެވެ.

މިއަދު ކޮވިޑް-19 ގެ ކޭސްތައް 40 މިލިއަން ފަހަނަހަޅައި ގޮސްފައިވާ އިރު، ބައެއް ގައުމުތަކުން އެދެވޭ ގޮތެއްގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވެމުން ނުދާތީ އާއި ކޭސްތައް ރިޕޯޓްކުރުމުގައި މައްސަލަތައް ހުރުމުގެ ސަބަބުން މިއަށް ވުރެ ކޭސްތައް އިތުރުވާނެ ކަމަށް ސިއްހީ މާހިރުން ލަފާކުރެ އެވެ.

ރޮއިޓާސް އިން އެއްކުރި މައުލޫމާތަށް ބަލާއިރު، ޖެނުއަރީގައި ފުރަތަމަ ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރި ވަގުތުން ފެށިގެން ތިން މަސްދުވަސްތެރޭ 10 މިލިއަން ކޭސް ފާހަގަކުރެވިފައިވާ އިރު، 44 ދުވަސްތެރޭ 10 މިލިއަނުން 20 މިލިއަނަށް ކޭސްތަކުގެ އަދަދު އިތުރުވެފައި ވެއެވެ. އަދި 38 ދުވަސްތެރޭ 20 މިލިއަނުން 30 މިލިއަނަށް ކޭސްތައް މަތިވެފައިވާ އިރު، އޭގެ 32 ދުވަސްފަހުން ކޮވިޑް-19 ގެ ކޭސްތައް ވަނީ 40 މިލިއަނަށް ވުރެ އިތުރުވެފަ އެވެ.

މިދިޔަ ހޮނިިހިރު ދުވަހު އެކަނިވެސް ވަނީ 400،000 އަށް ވުރެ ގިނަ ކޭސް ފެނިފަ އެވެ. މިއީ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނައިން ކޮވިޑް ކޭސްތައް ފެނުނު ދުވަހެވެ. އޮކްޓޯބަރުގެ ފުރަތަމަ ހަފްތާގައި އެވްރެޖް ގޮތެއްގައި 292،000 ކޭސް ފެނިފައިވާ އިރު، މިދިޔަ ހަފްތާގައި އެވްރެޖް ގޮތެއްގައި 347،000 ކޭސް ފެނިފައި ވެއެވެ.

މިހާތަނަށް ކޮވިޑް-19 ގެ އެންމެ ގިނަ ކޭސްތައް ފެނިފައި ވަނީ އެމެރިކާ، ބްރެޒިލް، އަދި އިންޑިއާގައެވެ. އެމެރިކާ އިން އަށް މިލިއަނަށް ވުރެ ގިނަ ކޭސް ފެނިފައިވާ އިރު، އިންޑިއާ އިން ވަނީ ހަތް މިލިއަނަށް ވުރެ ގިނަ ކޭސް ފެނިފައެވެ. އަދި ބްރެޒިލް އިން ފަސް މިލިއަނަށް ވުރެ ގިނަ ކޭސް ފެނިފައި ވެއެވެ. މިއީ ދުނިޔޭގެ ކޮވިޑް ކޭސްތަކުގެ ނިސްބަތުން ބަލާ ނަމަ 47.27 އިންސައްތަ އެވެ.

ވިލާތުގެ ގައުމުތަކުގައި ހަލުވިކަމާއެކު ކޭސްތައް އިތުރުވަމުންދާ އިރު، އެވްރެޖް ގޮތެއްގައި ދުވާލަކު 150،000 މީހުންނަށް ކޮވިޑް ޖެހެއެވެ. ވިލާތުގެ ބައެއް ގައުމުތައް ކަމުގައިވާ ޗެކް ރިޕަބްލިކް، އިޓަލީ، އިނގިރޭސިވިލާތް، އަދި ފްރާންސްގައި ވަނީ ކޮވިޑް-19 ގެ ކޭސްތައް ރެކޯޑް މިންވަރަށް އިތުރުވެފަ އެވެ. މިއީ ދުނިޔޭގެ ކޮވިޑް ކޭސްތަކުގެ ނިސްބަތުން ބަލާނަމަ 17 އިންސައްތަ އެވެ.

މިހާތަނަށް ކޮވިޑް-19 ޖެހިގެން 1.1 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާ އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް