ads
އުމުރުން 13 އަހަރުގައި އަހުޒަމްގެ ފައިގެ ހާލަތު ހުރި ގޮތް
އަހުޒަމްގެ މުޅި ހަޔާތް ހިނގަން ބޭނުންވެ އިންތިޒާރުގައި، ބޭނުމީ ދީލަތި އެހީއެއް!
މައިންބަފައިންނާ އަވައްޓެރި، އެކުވެރިންނާ އެކީ ކުޅެލާ، ދުވެލާ، މަޖާކޮށްލާން ކޮންމެ ކުއްޖަކު އަބަދުވެސް ކެނޑިނޭޅި އިންތިޒާރު ކުރާނެކަން ގައިމެވެ. ރ. އަލިފުއްޓަށް އުފަން އުމުރުން މިހާރު 20 އަހަރުގެ ހުސައިން އަހުޒަމް އެއީ އުފެދުމުގައި ނުކުޅެދުންތެރިކަން ހުރި ކުއްޖެކެވެ. ކަނާތު ފައި ފަހަތަށް ލެނބިފައިވުމުން ހިނގާ ނޫޅެވެ އެވެ. ހަމަ އިސްކޮޅަށް ތެދުވެ ނުލެވެ އެވެ.
Advertisement

ނަތީޖާ އަކީ މި ހާލަތުން އަރައިގަތުމަށް އަހުޒަމް އެ އަންނަނީ ދިގު މުއްދަތެއް ވަންދެން ހިނގުމަށް ދަތިވެ އެކަމަށް ބޭސްފަރުވާ ކުރަމުން ނެވެ. އެކަމުގައި ކޮޅެއް މެދެއް ހޯދުމަށް އަހުޒަމްގެ މުޅި އާއިލާއިން އެ އަންނަނީ އެތައް ހަރަދެއްކޮށް ގުރުބާނީ ތަކެއް ވަމުން ނެވެ. ގަދަ ވޭނުގައި ވެސް އަހުޒަމް އެ އޮތީ ހިތްވަރު ދޫކޮށްނުލަ އެވެ. އާއިލާގެ ހިތްވަރާއި ޑޮކްޓަރުން ދެއްވާ ފަރުވާއިން އަހުޒަމްގެ މުޅި ހަޔާތް ހޭދަ އެކުރަނީ ހިނގަން ބޭނުންވެ، އެކަމުގެ އިންތިޒާރުގައި އެވެ.

އޭނާގެ ފަޔަށް ދިމާވެފައިވާ ހިނގުމުގެ ދަތިކަމަށް ރާއްޖެއިންނާއި ބޭރުން އެތައް ފަހަރެއްގެ މަތިން ފަރުވާ ހޯދާފައިވެ އެވެ. މިހާރުވެސް އޭނާގެ ފަޔަށް ކުއްލި ގޮތަކަށް ދިމާވި ހާދިސާއަކާ ގުޅިގެން އިތުރު ފަރުވާއަށް ބޭރަށް ދާން ޖެހިފައިވާ މި ދަނޑިވަޅަކީ، ރައްޔިތުންގެ ދީލަތި އެހީތެރިކަމަށް އޭނާ ވަރަށް ބޮޑަށް ބޭނުންވެފައިވާ ވަގުތެކެވެ.

އަހުޒަމްގެ ބަލި ހާލަތާ ގުޅޭ ގޮތުން އޭނާގެ މަންމަ ސުދުނާ އަބްދުﷲ "ސީއެންއެމް" އަށް ބުނީ، އަހުޒަމް އުފަންވީ ރ. އަލިފުށި މަރުކަޒުގައެވެ. އުފަންވެ ތިންވަނަ ދުވަހު މާލެ އައިސް، މާލޭގައި އެއް މަސްދުވަހު އުޅުމަށްފަހު އަނބުރާ ރަށަށް ދިޔައީ ކަމަށެވެ. މާލެއާއި ރަށަށް ދަތުރުކުރަމުން އައިސް، އަހުޒަމްއަށް އަށް މަސް ވީއިރު 2005 ވަނަ އަހަރުގެ މޭ މަހުއިންޑިއާއަށް ދިޔައީ ކަމަށެވެ. އަދި އިންޑިއާގެ ކިންގްސް ހޮސްޕިޓަލުން އޭރު އޭނާއަށް ފުރަތަމަ އޮޕަރޭޝަން ކުރީ ކަމަށް ވެސް ސުދުނާ ބުންޏެވެ.

your imageއަހުޒަމްގެ ފައިގެ ހާލަތު އަންގައިދޭ ލިޔުމެއް

އަދި އޭގެ ފަހުން، އަހުޒަމްގެ އުމުރުން ދެ އަހަރުގައި އަނެއްކާވެސް އިންޑިއާއަށް ދާން އުޅުނު ކަމަށް ވެސް ސުދުނާ ބުންޏެވެ. ނަމަވެސް އައި.ޖީ.އެމް.އެޗްގެ ކަށީގެ ޑިޕާޓްމަންޓްގެ ޑރ. ހަބީބު ބޭރަށް ދާން ނުޖެހޭނެ ކަމަށާއި، އައި.ޖީ.އެމް.އެޗްއިން ފަރުވާ ކުރީމާ ރަނގަޅުވާނެ ކަމަށް ބުނުމުން ރާއްޖޭގައި މަޑު ކުރީ ކަމަށް ވެސް ސުދުނާ ބުންޏެވެ.

"2006 ވަނަ އަހަރު އައި.ޖީ.އެމް.އެޗްގައި އަހުޒަމްގެ ފައިގައި ޕްލާސްޓަރެއް އެޅީ، ނަމަވެސް ފައިގެ ދެ ފަރާތުން އެއްކޮށް ކަފައިލާފައި ހުރުމުގެ ސަބަބުން، މުޅި ފައިގައި ހުސް ފާރު ހެދިފައި ހުރިކަން ފާހަގަކުރެވުނީ، އެހެންވެ 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި އަނެއްކާވެސް އިންޑިއާއަށް ދިޔައީ އޭރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް އަހުޒަމްއަށް ފަރުވާ ހޯދީ އިންޑިއާއިން" ސުދުނާ ބުންޏެވެ.

your imageއަހުޒަމްގެ ފައިގެ ހާލަތު އަންގައިދޭ ލިޔުންތަކެއް

2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ގަންގާ ހޮސްޕިޓަލުން ފަރުވާ ހޯދަން ދިޔުމުން އެތާގެ ޑޮކްޓާރުން އަހުޒަމްގެ ފައި އޮޕަރޭޝަން ކޮއްގެން ރަނގަޅުވާނެ ކަމަށް ބުންޏެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ފަރުވާ ލަސްވީ ކަމަށް ވެސް ސުދުނާ ބުންޏެވެ.

" ބޮޑުތަކުރުފާނު މަގުގައި އިންނަ ރެސްޓޯރެންޓަކަށް އާއިލާ އެންމެން ކާން ގޮއްސަ ކައި ނިމިގެން ގެޔަށް ދާން ޓެކްސީއެއް ނަގަން މަޑުކޮށްގެން ތިބެފަ އަހުޒަމް އާއިލާގެ ދެ ތިން ކުއްޖަކާ އެއްކޮށް ކުޑަކޮށް ހިނގާލަން އުޅެނިކޮށް އެ ޕޭވްމަންޓުގައި ނައްޓާފައި އިންނަ ގަލެއްގެ ތަނަށް ފުރެންދެން ފެން އެޅި ހަމަވެފައި ހުރީ އަދި އެއީ ރޭނގަޑު ވަގުތެއް، އެ ފެން އެޅި ފުރިފައި އިންތަނަށް އަހުޒަމްއަށް ފައި އެޅިފަ އަހުޒަމްގެ ފައިތިލަ އެތަނަށް ތާށިވެފައި ފައި އެނބުރިފަ އަހުޒަމް ވެއްޓުނީ، އެ ވެއްޓުމާ ހިސާބުން އޭނާގެ ފައި ބިންދައިގެން ދިޔައީ" ސުދުނާ ބުންޏެވެ.


މި ހާދިސާއާ ގުޅިގެން، އަހުޒަމްގެ ފަޔަށް މިހާރު ދިމާވެފައިވާ ހާލަތަށް ބޭސްފަރުވާ ކުރުމަށްޓަކައި އަނެއްކާވެސް ބޭރަށް ދާން ޖެހިފައިވާ ކަމަށް ވސް ސުދުނާ ބުންޏެވެ. ދިގު މުއްދަތެއްގައި ބޭސްފަރުވާއަށް އެތައް ހަރަދެއް ކޮށްފައިވާ އާއިލާއަށް، މިހާރު ދިމާވެފައިވާ މި ހާލަތުގައި، އަހުޒަމްގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވެ އެވެ.

ކުރިންވެސް ދޭތެރެ ދޭތެރެއިން ހިނގާލާ އުޅުނަސް، އަހުޒަމްގެ ހަށިގަނޑުގެ ބެލެންސް ގެއްލި، ވެއްޓުން އާންމުކޮށް ދިމާވާ ކަމެއް ކަމަށް ވެސް އަހުޒަމްގެ މަންމަ ބުނެ އެވެ. އަދި މިފަހަރުގެ އޮޕަރޭޝަނަށްފަހު، ރީތިކޮށް ހިނގާބިނގާވެ އުޅެން ފެށިތާ މާގިނަ ދުވަހެއްވެސް ނުވާ ކަމަށް ވެސް އަހުޒަމްގެ މަންމަ ބުންޏެވެ.

your imageއަހުޒަމްގެ ފައިގެ ހާލަތު އަންގައިދޭ އެކްސްރޭ ތަކެއް

މި ކުއްލި ހާދިސާއާ ގުޅިގެން، އަހުޒަމްގެ ފަޔަށް މިހާރު ދިމާވެފައިވާ ހާލަތަށް ބޭސްފަރުވާ ކުރުމަށްޓަކައި އަނެއްކާވެސް ބޭރަށް ދާން ޖެހިފައިވާ ކަމަށް އާއިލާއިން ބުނެއެވެ. ދިގު މުއްދަތެއްގައި ބޭސް ފަރުވާއަށް އެތައް ހަރަދެއް ކޮށްފައިވާ އާއިލާއަށް، މިހާރު ދިމާވެފައިވާ މި ހާލަތުގައި، އަހުޒަމްގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށް އޭނާގެ މަންމަ ސުދުނާ ބުންޏެވެ.

your image ފަހުން ދިމާވި ހާދިސާ އަށް ފަހު އަހުޒަމް އަށް ފަރުވާ ދެނީ އައި.ޖީ.އެމް.އެޗް ގައި  

އަހުޒަމް އަކީ އަލަށް މީސްތަކުންގެ އެހީތެރިކަމަށް ބޭނުންވެފައިވާ ކުއްޖެއް ނޫނެވެ. އޭނާގެ ދިގު ބަލީގެ ދިރިއުޅުމުގައި އެތައް ފަހަރެއްގެ މަތިން ރައްޔިތުންގެ ދީލަތި އެހީތެރިކަން ލިބިފައިވާކަން އާއިލާއިން ބުންޏެވެ. އަހުޒަމްގެ މި ހާލަތުގައި، އޭނާއަށް ބޭނުންވާ ފަރުވާ ހޯދުމަށްޓަކައި، ރާއްޖޭގެ ހުރިހާ ދީލަތި ބޭފުޅުންގެ އެހީތެރިކަމަށް އާއިލާއިން ވަރަށް ބޮޑަށް އެދެއެވެ. މިފަދަ ހާލަތްތަކުގައި އަބަދުވެސް އުއްމީދަކީ ދިވެހިރާއްޖޭގެ ދީލަތި ރައްޔިތުންގެ އެހީތެރިކަމެވެ.

ގުޅޭނެ ނަމްބަރު: 9306924 – ސުދުނާ އަބްދުﷲ 

އެކައުންޓް ނަމްބަރ- 7730000197601 ( Ahmed Idrees ) USD

އެކައުންޓް ނަމްބަރ- 7717333730101 ( Sudhuna Abudlla ) MVR

އަހުޒަމްގެ އާއިލާއިން އެދެނީ ފައިސާގެ ގޮތުން އެހީ ދެވެން ނެތް ފަރާތްތަކުން ވެސް އަހުޒަމް އަށް ހެޔޮ ދުއާ ކޮށް ދިނުމަށެވެ.


ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް