މިލަފް ކޯލާ ރާއްޖެއަށް ތައާރަފު ކޮށްފައިވަނީ ރޭ މާލޭގައި މިއުޒިކް ޝޯއަކާއެކު ބޭއްވި ހަފުލާއެއްގަ އެވެ. މި ހަފްލާގައި މިލާފް ކޯލާ ރާއްޖޭގެ މާކެޓަށް ނެރުމުގެ ގޮތުން ވަނީ އެކި މީހުންނަށް ހިލޭ ބަހައިފަ އެވެ.
ގިނަ އަދަދަކަށް ހަކުރު ބޭނުން ކުރާ އެހެން ގިނަ ފިޒީ ޑްރިންކްތަކާ ހިލާފަށް, މިލަފް ކޯލާއަކީ ކަދުރުން ތައްޔާރުކޮށްފައިވާ ބުއިމެކެވެ.
އެހެންކަމުން އެހެން "ފިޒީ ޑްރިންކް"ތަކުގައި ހުންނަ ވަރަށްވުރެ މިލަފް ކޯލާގައި ހަކުރު ހުންނަ ވަރު މަދުވާނެ އެވެ. އަދި މި ކޯލާގައި އެއްވެސް ވަރަކަށް އާޓިފިޝަލް ހަކުރެއް ނުހިމެނެ އެވެ.
ސިއްހަތަށް ގެއްލުންދޭ މާއްދާތަކެއް ނުހިމެނެ މި ބުއިން މާލެ އާއި ހުޅުމާލޭގެ ސްޓެންޑަޑް އެންޑް އޮރިޖިންގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.