ads
ކުރީގެ ޕީޖީ އަހުމަދު މުއިއްޒު މަޖިލިސް ކޮމެޓީއެއްގައި -- ފޮޓޯ / ވީނިއުސް
ގެއްލުންވާ ގޮތަށް ނިންމުންތައް ނިންމި މީހުން ޖަވާބުދާރީ ކުުރުވަންޖެހޭ
ދީބާޖާ މައްސަލާގައި ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް ނިންމުންތައް ނިންމާފައިވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement
ދީބާޖާ މައްސަލާގައި ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް ނިންމުންތައް ނިންމާފައިވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީބާޖާ މައްސަލާގައި ސަރުކާރަށް ގެއްލުމާއި ކުރިމަތިލާން ޖެހޭ ގޮތަށް ނިންމުންތައް ނިންމި މީހުން ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށެވެ. އެފަދަ ނިންމުމެއް ނިންމާފައިފާ ފަރާތަކީ ބަންޑާރަ ނާއިބު ކަމަށްވީ ނަމަވެސް ބަންޑާރަ ނާއިބަށް ވެސް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިފަދައިން ވިދާޅުވިއިރު ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމާ އެއްގޮތަށް އެކުންފުންޏަށް ހިދުމަތް ނުދެވުމުން ކަމަށް، އެ އެއްބަސްވުން ބާތިލް ކުރިއިރު ޓްރާންސްޕޯޓު މިނިސްޓަރަކަށް ހުންނެވި އަމީން އިބްރާހީމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އަމީން ވިދާޅުވީ ދީބާޖާ އެގްރީމެންޓު ސަރުކާރުން ބާތިލްކޮށްފައިވަނީ އެގްރީމެންޓުގައިވާ ގޮތުގެ މަތިން ހިދުމަތް ނުދެވުމުން ކަމަށެވެ. އަދި އެގްރީމަންޓު ބާތިލްކޮށްފައި ވާނީ ނޯޓިސްއާ އިންޒާރުވެސް ދިނުމަށްފަހު ކަމަށްވެސް އަމީން ވިދާޅުވި އެވެ. އަދި އެކަން ކުރީ އޭރުގެ އެޓާނީ ޖެނެރަލްގެ ލަފަޔާއި އެކު ކަމަށްވެސް އަމީން ވިދާޅުވި އެވެ. އަދި ހައިކޯޓުގެ ހުކުމުން އެކަން ސާފުވެގެން ދާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

ދީބާޖާގެ މައްސަލައާ ގުޅިގެން އިއްޔެ މާލިއްޔަތު ކޮމެޓީގައިވެސް ސަރުކާރަށް ނިސްބަތްވާ މެންބަރަކު ވަނީ ސަރުކާރު އިސް ފަރާތްތަކަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވާފައެވެ. އެއީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އެވެ. އެ މައްސަލައާ ގުޅިގެން މާލިއްޔަތު ކޮމެޓީއަށް ބަންޑާރަ ނާއިބު ރިފްއަތު ހާޒިރު ކުުރުމަށް އޭނާ އިއްޔެ ހުށަހެޅުއްވިއެވެ. އަދި އެ ހުށަހެޅުއްވުން ފާސްވެސްވިއެވެ.

ބަންޑާރަ ނާއިބު ހާޒިރު ކުރުމަށް ޔައުގޫބު ހުށަހެޅުއްވީ މީގެކުރިން ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި ބަންޑާރަ ނާއިބު ރިފްއަތު ދީބާޖާގެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައި ވާތީއެވެ. ނަމަވެސް އޭރު އެ ކޯޓަށް ހުށަނޭޅީ އޭރު ތިއްބެވި ފަނޑިޔާރުން އެކަމުގައި އަދުލުވެރި ހުކުމެއް ކުރައްވާފާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނުލިބޭތީ ކަމަށް ރިފްއަތު ވިދާޅުވިއެވެ.

ޔައުގޫބު ވަނީ ކުރިން ތިއްބެވި ފަނޑިޔާރުން މަގާމުން ވަކިކޮށް އައު ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާފައިވާއިރު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވާތީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

އެއްބަސްވުން އުވާލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ އިން ސިވިލް ކޯޓަށް ހުށަހެޅުމުން 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް މިއަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓާފައެވެ.

ނަމަވެސް ކޯޓުން ބޭރުގައި ދީބާޖާއާ ދައުލަތާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ސެޓްލްމެންޓް ކޮމިޓީގެ ލަފާގެ މަތިން 174 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށާއި ނަމަވެސް އެ ފައިސާ އަދި ދޫކޮށްފައިނުވާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް