ads
އިޒްރޭލާއި ބަހްރައިނުން އެއްބަސްވުންތަކުގައި ސޮއިކުރަނީ--
އިޒްރޭލާއި ބަހްރައިން ޑިޕްލޮމަޓިކް ގުޅުން ގާއިމްކޮށްފި
އިޒްރޭލާއި ބަހްރައިނުން ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމަޓިކް ގުޅުން ގާއިމްކޮށްފި އެވެ.

ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމަޓިކް ގުޅުން ގާއިމްކޮށްފައި ވަނީ އިއްޔެ ބަހްރެއިނުގެ ވެރިރަށް މަނާމާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޔޫއޭއީ އާއި އުރުދުން އާއި މިސްރުގެ އިތުރުން، ބަހްރައިން އަކީ އިޒްރޭލާއި ގުޅުން ގާއިމްކުރާ ހަތަރުވަނަ އަރަބި ގައުމެވެ.

މީގެ އިތުރުން، އިޒްރޭލާއި ބަހްރައިނުން ވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. އެގޮތުން މުއާސަލާތީ ދާއިރާ އާއި، ވައިގެ ހިދުމަތްތައް ފުޅާކުރުމާއި ބޭންކިން އާއި ބެހޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވެއެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު، ބަހްރައިންގެ ފޮރިން މިނިސްޓަރު އަބްދުއްލަތީފް ބިން ރާޝިދު އައް-ޒަޔާނީ ވިދާޅުވީ ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އިޒްރޭލާއި ބަހްރައިން އާ ދެމެދު ގުޅުން ގާއިމްކުރަން ނިންމާފައި ވަނީ މިދިޔަ މަހު އެމެރިކާ، އިޒްރޭލު، ޔޫއޭއީ، އަދި ބަހްރައިނުން "އަބްރަހަމް އެކޯޑްސް" ގެ ނަމުގައި ސުލްހައިގެ ގަރާރެއްގައި ސޮއިކުރުމަށް ފަހުގަ އެވެ.

ސައުދީ އަރަބިއްޔާއިން އިޒްރޭލާއި ޑިޕްލޮމަޓިކް ގުޅުންތައް ގާއިމްކުރާނީ ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބުމުން ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް