އެންއައިސީއަށް އައްޔަނު ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ އާމިނަތު ޝާދިޔާ އާއި އަލްއުސްތާޒު އާމިނަތު ޝިއުނާ އާއި އަލްއުސްތާޒު ޝުއައިބު އަބްދުއްރަހުމާން އަދި ގާސިމް އަބްދުލްކަރީމް އަށެވެ.
އެފަރާތްތައް އެންއައިސީއަށް އައްޔަނުކުރުމަށް ރުހުން ދީފައިވަނީ ނެގި ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެންމެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާކުރެވެމުންދިޔަ އެކައުންޓެއްގެ މައުލޫމާތު ލީކުކޮށްލި މައްސަލައިގައި ގާސިމްގެ މައްޗަށް ޖަލު ހުކުމެއް ވެސް އަޔެވެ. އެ ހުކުމް ތަންފީޒުކޮށް އޭނާ މިނިވަންވެފައި ވަނީ 2017 ވަނަ އަހަރުގަ އެވެ.