ads
މަޑުއްވަރީ--
މަޑުއްވަރީގައި ހިލޭ އެހީގެ ދަށުން ގޭގޭގައި ފެންމީޓަރު ހަރުކުރަނީ
ރ. މަޑުއްވަރީގައި ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ ޕްރޮޖެކްޓުގެ މަސައްކަތްތަކުގެ ތެރެއިން، ގޭގޭގައި ފެންމީޓަރު ހަރުކުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތަކީ ގްރީން ކްލައިމެޓް ފަންޑްގެ (ޖީސީއެފް) ހިލޭ އެހީގެ ދަށުން އެރަށުގައި ކުރިއަށްގެންދާ ފެނުގެ ޕްރޮޖެކްޓުގެ މަސައްކަތްތަކުގެ ތެރެއިން ކުރަމުން ގެންދާ މަސައްކަތެކެވެ.

ކައުންސިލު ބުނީ އެ މަޝްރޫއުގެ ދަށުން ގޭގޭގައި ފެންމީޓަރުހަރުކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފެންމީޓަރު ހަރުކުރުމަށްޓަކައި މީޓަރުހަރުކުރުމަށް ފާހަގަކޮށްފައިވާ ގޭގެގައި ފާރު ރާނާފައިނުވާ ފަރާތްތަކުން ތިން ފޫޓް އުސް ދެ ފޫޓް ފުޅާ މިނުގެ ފާރުބުރިއެއް ރާނާ ގޭތެރެއަށް ވާގޮތަށް ސިމެންތިޖެހުން އެދޭކަމަށެވެ.

އޭގެ އިތުރުން ފާރު ރާނާފައިވާ ގެއެއްނަމަ މީޓަރުހަރުކުރުމަށް ފާހަގަ ޖަހާފައިވާ ތަނުގައި ގޭތެރެއަށްވާގޮތަށް ތިން ފޫޓް އުސް އަދި ދެ ފޫޓް ފުޅާމިނުގައި ސިމެންތި ޖަހާ ނިންމުމަށްވެސް އެދިފައިވެއެވެ.

ކައުންސިލުން ވަނީ ގޭގޭގައި ފާރު ރޭނުމާއި ސިިމެންތި ޖެހުންފަދަ މަސައްކަތްތައް ނޮވެމްބަރު 15 ވަނަ ދުވަހުގެ ކުރިން ނިންމުމަށްވެސް އެދިފައެވެ.

ޖީސީއެފް ފަންޑަކީ ތަރައްގީވަމުން އަންނަ ދުނިޔޭގެ އެކި ގައުމުތަކަށް ތިމާވެށީގެ ގޮތުން އަންނަ ބަދަަލުތަކާއި އަދި ގައުމު ތަރައްގީ ކުރުމަށް ފަންޑު ކޮށްދޭ އެންމެ ބޮޑު އެއް ފަންޑު ގުރޫޕެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް