އެމްޑީޕީގެ 171 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ 08:30 ގަ އެވެ. އެ ބައްދަލުވުން ކުރިއަށްދާނީ ތާޖުއްދީން ސްކޫލުގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މިރޭގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ދައުރު ހަމަވާތީ، އެކަމުގައި އަމަލުކުރާނޭ ގޮތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައިވަނީ ޖުލައި މަހުގެ ތެރޭގަ އެވެ.