ads
ހއ. ތުރާކުނު
ތުރާކުނުގައި ކުޑަކުދިންގެ ޕާކާއި އައުޓްޑޯ ޖިމެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ
ހއ. ތުރާކުނުގައި ކުޑަކުދިންގެ ޕާކަކާއި އައުޓްޑޯ ޖިމެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ތުރާކުނު ކައުންސިލުން ވަނީ އެރަށުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކާއި އައުޓްޑޯ ޖިމްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން އިއުލާން ކޮށްފައެވެ.

އެ އިދާރާއިން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް އެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމުގެ ޝައުގުވެރިކަން ހުރިފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ކައުންސިލުން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 26 އޮކްޓޫބަރު ވާ ހޯމަ ދުވަހުން ފެށިގެން ނޮވެމްބަރު ހަތަރެއްވާ އާދިއްތަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން 14:00 އެދާރާއިން މައުލޫމާތު ސާފުކުރުމަށްފަހު، ނޮވެންބަރު 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް އެއިދާރާއަށް ހަޒިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭކަމަށެވެ.

ކައުންސިލުން ބުނީ އެމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް