ads
ހދ. ކުޅުދުއްފުށި-- ފޮޓޯ: ކޭއޯ
ކުޅުދުއްފުށީ ޕޮލިސް ކްލަސްޓާ: ގިނަ އަދަދެއްގެ ދަރިވަރުންނާއި ޓީޗަރުންވެސް ކޮންޓެކްޓް ވެފައިވޭ
ހދ. ކުޅުދުއްފުށީ ޕޮލިސް ކްލަސްޓާއިން ގިނަ އަދަދެއްގެ ދަރިވަރުންނާއި ޓީޗަރުން ވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކްލަސްޓާާއާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން ކޮންޓެކްޓް ޓްރޭސިންގެ އެސިސްޓެންޓް ޑިރެކްޓާ އިބްރާހިމް ނިޒާމް ވިދާޅުވީ މީހާތަަނަށް ކޮންޓެކްޓް ޓްރޭސިންއިން އެއްކުރި މައުލޫމާތައް ބަލާއިރު ކުޅުދުއްފުށި ސްކޫލްއިން 15 ދަރިވަރުންނާއި ހަތް ޓީޗަރުން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓް ވެފައިވާ ކަމަށެވެ.

އަދި ކޮންޓެކްޓް ޓްރޭސިން ކުރިއަށްދިޔަ މުއްދަތުގައިވެސް ފުޓުބޯޅަ ކުޅެން ބައެއް ފަރާތަތްތަކުން ގޮސްފައިވުމުގެ ސަބަބުން އެ ރަށުގެ ފުޓްބޯޅަ އެކަޑަމީއިންވެސް ގިނަ ކުދިންތަކަކާއި ދިމާވެފައިވާ ކަމަށެވެ. އޭގެ ތެރެެއިން 38 ފަރާތެއް ކޮންޓެކްޓް ވެފައިވާކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް ނިޒާމް ވިދާޅުވިއެވެ.

ނިޒާމް ވިދާޅުވީ އެބޭފުޅުން ކުރަމުންދަނީ ވަރަށް މުހިންމު ބުރަ މަސައްކަަތެއްކަމަށާއި ޕޮޒިޓިވް ކޭސްއެއް ފެންނަ ހިސާބުން އެމީހުންގެ މައުލޫމާތު ސާފުކޮށް ގުޅަމުންދާ ކަމަށެވެ. އެހެންނަމަވެސް ކޮންމެ މީހަކުވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާއި ކޮންޓެކްޓްވެފައި ވާނަމަ އަމިއްލަައަށް ވެސް އެޗްޕީއޭގެ ހޮޓްލައިން 1676 އަކަށް ގުޅާއި އެކަން އެއްގުމަށް އެދިފައިވެއެވެ.

ނިޒާމް ވިދާޅުވީ ބައެއް ފަހަަރު އަލާމަތްތައް ފެނުމުންވެސް ކުދިކުދި އަލާމާތްތައް ކަމަށް ހީކޮށް ހޮސްޕިޓަލްއަށް ނުގޮސް މަޑުކުރެވޭ ކަމަށާއި ކިތަންމެ ކުޑަ ރޯގާއެއް ނަމަވެސް ސާމްޕަލް ނެގުމަށް އޭނާ އެދިވަޑައިގަތެވެ. 

ކުޅުދުއްފުށި ޕޮލިސް ކްލަސްޓާއިން ގިނަ ރައްތަކަކުން ކޮންޓެކްޓުން ފެނިފައިވާއިރު މިހާތަނަށް 180 ސާމްޕަލް ނެގިފައިފައިވާއިރު 154 ކޮންޓެކްޓުން ފާހަގަކުރެވިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް