ads
ރައީސް ނަޝީދު-
ކައުންސިލް އިންތިހާބު ކާމިޔާބުކުރަން ފަސޭހައެއް ނުވާނެ: ނަޝީދު
ކުރިއަަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ދައުރު މެދަށް ދިމާވާއިރު އެ އިންތިހާބު ކާމިޔާބު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އެންމެ އަވަހަަށް ކުރިމަތިލާން އޮތް އިމްތިހާނަކީ ލޯކަލް ކައުންސިލް އިންތިހާބު ކަމަށެވެ. އަދި ސަރުކާރުގެ ދައުރުގެ މެދު ތެރެެއިން ކުރިމަތިވާ އިންތިހާބަކީ ފަސޭހައިން ކާމިޔާބުކުރެވޭނެ އިންތިހާބެއް ނޫން ކަމަށާއި އެކަމަކު ގައުމީ މަޖިލީހުގެ އެހީއާއެކު ރައީސް އިބްރާހިމް މުހައްްމަދު ސޯލިހުގެ ސަރުކާރުން ކާމިޔާބު ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު މިއަހަރުގެ ކުރީކޮޅު ބާއްވާ ގޮތަށް އޮތް ނަމަވެސް ކޮވިޑާއެެކު ކެމްޕެއިންތަައް ވެސް ހުއްޓާލަން ޖެހި އިންތިހާބު ވެސް ފަސް ކުރަން ޖެހުނެވެ.  

އޭގެ އިތުރުން ރައީސް ނަޝީދު ވަނީ ކޮވިޑްގެ މިދަނޑިވަޅުގައި ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފަ އެވެ. 

އެގޮތުން ކޮވިޑްގެ މިވަގުތު ވެސް ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތުން ދައްކަން ޖެހިފައިވާ ދަރަނީގެ ނިސްބަތްވާ ބޮޑުވެފައިވާތީ ރައީސް ނަޝީދު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. 

އެހެންނަމަވެސް އިގްތިސޯދުގެ މުގުލުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުންނަވައިގެން އަދި ފިނޭންސް މިނިސްޓަރުގެ ހިންގެވުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތް ބަލައިގަންނަވާ ކަމަަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް