މި ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.
ޝިޔާމް ހުށަހެޅުއްވި ގަރާރުގައި ވަނީ، ނައިފަރު ފެނާ ނަރުދަމާގެ މަސައްކަތް ނުނިމި އެ މަސައްކަތް ހުއްޓިފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލުމަށެވެ.
މިއަދު މަޖިލީހުގައި ވަނީ އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.
މިފަހުން ނައިފަރުގައި ބައެއް ރައްޔިތުންވަނީ އެރަށު މަގުތަކުގައި ފެންބޮޑުވެ މަގުތަކުގައި ޗަކަ ހެދޭ މައްސަލައިގައި ނުރުހުން ފާޅުކޮށް އެކަން ހައްލުކުރުމަށް ގޮވާލާ އިހުތިޖާޖް ކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;