އެ މަޝްރޫއުގެ ޖުމްލަ 25 ޕަސަންޓު ނިމިފައި ވާއިރު، މަޝްރޫއުގެ ތެރޭގައި ހިމެނޭ ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ 81 ޕަސަންޓު ވަނީ ނިމިފަ އެވެ.
ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމަށް 38،600 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 196 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލައި، 410 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލައި، 64 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހަން ޖެހެ އެވެ.
އޭގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމާއި، 2500 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.
ޖުމްލަ 38.2 މިލިއަން ރުފިޔާގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ ޕްލޭނިން މިނިސްޓްރީގެ ފަރާތުންނެވެ. އެމްޓީސީސީން މި މަޝްރޫއުގެ މަސައްކަތް ފެށީ 27 މޭ ގައެވެ.