ads
ޖަމިއްޔަތުއްސަލަފް އުވާލަން އަޅުގަނޑެއް ނޭދެން: ރައީސް ނަޝީދު
ޖަމިއްޔަތުއްސަލަފް އުވާލުމަށް ނޭދޭ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޖަމިއްޔަތުއްސަލަފް އުވާލުމަށް ނޭދޭ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަލަފް އުވާލުމާއި އެމަނިކުފާނު ދެކޮޅުކަން ފުރަތަމަ ދުވަހުން ފެށިގެންވެސް ހާމަވާނެ ކަމަށެވެ.

އެހެން ނަމަވެސް އެއްވެސް ޖަމާއަތަކުން މީހުން މެރުމަށް ހިތްވަރު ދޭނަމަ ނުވަތަ ހަނގުރާމައަށް މީހުން ފޮނުވަން ހިތްވަރުދޭ ޒާތުގެ ވާހަކަ ދެއްކުން ބަލައިނުގަނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފިޔަވަޅު އެޅުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ޖަމިއްޔަތުއްސަލަފްގެ ތެރޭގައި ތިބި ދީނީ ހަރުކަށި ފިކުރަށް ހިތްވަރުދޭ ފަރާތްތަކާއި ދެކޮޅަށް ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ނަން ނުހިމަނާ ތެދު ރިޕޯޓެއް ލިޔާނެ ގޮތް ނުވިސްނޭ ކަމަށެވެ.

"ކިރިޔާވެސް ތެދުވެރި ރިޕޯޓެއް ލިޔާއިރު، އެބާވަތުގެ ކަމެއް، ޑރ. ޝަހީމްގެ ނަން ނުހިމަނާ ދެން މި ރިޕޯޓް އެކުލަވާލާނެ ގޮތެއް އަޅުގަނޑަކަށްވެސް ނޭނގެ" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖަމިއްޔަތުއްސަލަފާއި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ފިޔަވަޅު އެޅުމަށް މަޖިލީހުން ފާސްކޮށްފައިވަނީ އިއްޔެގެ ޖަލްސާގަ އެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި ތައްޔާރުކުރި ރިޕޯޓް ދިރާސާކުރި މަޖިލީހުގެ 241 ކޮމިޓީގެ ރިޕޯޓްގައި، ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓްގައި ހުރި ކަންކަމަށް ބަލާ ފިޔަވަޅު އަޅަންޖެހޭ 11 ކަމެއް ވަނީ ފާހަގަކޮށްފަ އެވެ.

މީގެތެރޭގައި ޖަމިއްޔަތުއްސަލަފާއި، ރާއްޖޭގައި ހިންގާ އަލްޤައިދާގެ ޖަމާއަތާއި، އިސްލާމިކް ސްޓޭޓަށް ބައިއަތު ހިފި ޖަމާއަތާއި، ޖަބްހަތުއްނުސްރާއަށް ވާގިވެރިވާ ޖަމާއަތަށް ފިޔަވަޅު އެޅުން ހިމެނެ އެވެ. އަދި އިތުރު 36 ފަރާތަކަށްވެސް ފިޔަވަޅު އެޅުން ހިމެނެ އެވެ. މީގެތެރޭގައި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ނަންވެސް ހިމެނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް