ads
މާލެ ސިޓީ--
2022 ވަނަ އަހަރު ބޯހިމަނަނީ
ރާއްޖޭގެ ބޯހިމެނުން 2022 ވަނަ އަހަރު ކުރިއަށް ދާނެ ކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އެކަން އިއުލާނު ކުރެއްވީ ދުނިޔޭގެ ތަފާސްހިސާބުގެ ދުވަހާ ގުޅިގެން މިއަދު ހެނދުނު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

އަސްލަމް ވިދާޅުވީ ބޯހިމެނުން ފުރިހަމަ ވާނީ ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށާއި އެ މަސައްކަތަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައި ވަނީ 2014 ވަނަ އަހަރު އެވެ. އޭރުގެ ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޖުމްލަ އާބާދީ އަކީ 402،071 އެވެ. 

ނަމަވެސް ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ހޯދުންތައް ދައްކާ ގޮތުން ރާއްޖޭގެ ޖުމްލަ އާބާދީއަކީ މިހާރު 557،426 މީހުންނެވެ.

އޭގެ ތެރެއިން 40 ޕަސަންޓު މީހުން އުޅެނީ މާލޭގަ އެވެ. އެއީ ޖުމްލަ 227،486 މީހުންނެވެ. އެންމެ ގިނަ މީހުން އުޅޭ ކ. އަތޮޅުގައި ދިރިއުޅެނީ 41،382 މީހުންނެވެ. އަދި އެންމެ މަދު މީހުން އުޅެނީ ވ. އަތޮޅުގަ އެވެ. އެއީ 2،688 މީހުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް