ads
ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް 450 ރުފިޔާއަށް ލިބޭ ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފި--
ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް 450 ރުފިޔާއަށް
ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް 450 ރުފިޔާއަށް ލިބިގެންދާ ހާއްސަ ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފި އެވެ.

ދިރާގުން ބުނީ މި އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިއަށް ގެންދާނެ ކަމަށެވެ. 

އެ ޕްރޮމޯޝަނުގައި އެންމެ 450 ރުފިޔާއަށް 100 އަށް ވުރެ ގިނަ ޗެނަލް ލިބޭނެ އެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ފިލްމުތަކާ، ޑްރާމާތަކާއި، މުނިފޫހިފިލުވުމުގެ އެކި އެކި ޕްރޮގުރާމްތައް އަންނަ ޗެނަލް ހިމެނެ އެވެ.

އޭގެ އިތުރުން ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު ޓީވީ ޗެނަލްތައް ކަމަށްވާ ސްޓާގެ ޗެނަލްތަކާއި މުޅިން އާ ޒީގެ ޗެނަލްތައް ވެސް ދިރާގު ޓީވީން ލިބެ އެވެ. 

ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ހިދުމަތް ކަމަށް އެ ދިރާގުން ބުނެ އެވެ.

އޭގެ އިތުރުން ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ރާއްޖޭގެ 73 ޕަސަންޓު ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އޭގެ ތެރޭގައި 53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށް ވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ދިރާގު ޓީވީ ފޯރުކޮށްދީފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް