ads
އަލީ ރަމީޒު--
އަލީ ރަމީޒު އާދޭހެއް: އަަހަރެންގެ ލަވަތައް އަޑުނާހާ، އެއީ އަހަންނަށް ދެވޭ އަނިޔާއެއް!
ދިވެހި ތާރީހުގައި އުފެދުނު އެންމެ މޮޅު ލަވަކިޔުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ، އަލީ ރަމީޒު މިއުޒިކާ ދުރަށް ދިޔަތާ އަހަރުތަކެއްވެފައިވީނަމެވެސް އޭނާގެ ލަވަތައް އަދިވެސް އިންތިހާއަށް މަގްބޫލެވެ. ދިވެހި ލަވައިގެ ދުނިޔޭގައި ވައްޓާނުލެވުނު ތަރިއެއްގެ ގޮތުގައި އަލީ ރަަމީޒުގެ ނަން ފެވުނަސް މިއަދު އޭނާ މިވަނީ ވަސީއަތެއްކޮށްފަ އެވެ.

އަލީ ރަމީޒު، އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ވަނީ މިއުޒިކާއި ލަވަކިޔުމުން ދުރަށް ޖެހުނީ ކީރިތި ގުރުއާނުގެ ސައްހަ މަފްހޫމް އެންމެ ބޮޑަށް އެނގިވަޑައިގެން ތިއްބެވި މަތިވެރި ސަހާބީންނާއި ތާބިއީންގެ ތަފްސީރުތަކުގައި އަދި ގުރުއާނުގެ އެއް އާޔަތަށް ވުރެ ގިނަ އާޔަތްތަކެއްގައި އެކަމަކީ ކަނޑައެޅިގެން ހަރާމްކަމެއް ކަމަށް ބަޔާންކޮށްފައިވާތީ ކަމަށް ބުނެފަ އެވެ. 

އަދި އެފަދަ ނުބައިކަން ބޮޑު ފާފައަކާއި ދުރުކޮށްދެއްވީތީ މާތްﷲ އަށް ހަމްދުކުރާ ކަމަށް އޭނާ ބުނެ އެވެ. 

އަލީ ރަމީޒު އިތުރަށް ބުނީ މިއަދު އޭނާއަކީ މިއުޒިކަށް އިންތިހާއަށް ނަފުރަތުކުރާ މީހެއް ކަމަށެވެ. އަދި އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި އަނބިދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުުކުރެވޭތޯ ގަދައަޅާ މަަސައްކަތްކުރަމުންދާ ކަމަށް އަލީ ރަމީޒު ބުންޏެވެ. 

އެ ސަބަބާހުރެ އަލީ ރަމީޒު ވަނީ އެނާ ކިޔާފައިވާ ލަވަތައް ޖެހުމާއި ޓީވީ އަދި ރޭޑިއޯތަކުން ފޮނުވުމާއި އޭގެއިން ވިޔަފާރިކުރުމާއި ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ލަވަތައް ފެތުރުމާއި އޭނާގެ މިއުޒިކީ ހަޔާތުގެ ފޮޓޯތަކާއި ވީޑިއޯތައް ބޭނުންކުރުން ނުކުރުމަށް އެދިފަ އެވެ. އަދި މިއުޒިކާ ގުޅުވައިގެން މިއަދުވެސް އަދި އޭނާ ނެތް ދުނިޔެއެއްގައި ވެސް އޭނާގެ ނަން ބޭނުންކުރުމަކީ ރުހޭ ކަމެއް ނޫން ކަމަށް ބުނެ އެވެ. 

އަލީ ރަމީޒް ބުނީ އެގޮތަށް އަމަލުކުރުން އޭނާއަށް ވަރަށް އުނދަގޫވާ ކަމަށާއި އަދި އެއީ އޭނާއަށް ދެވޭ އަނިޔާއެއް ކަމަށެވެ. 

"އަދި އެކަމަކީ އަޅުގަނޑަށް ކުރެވޭ ވަރަށް ބޮޑު އުނދަގުލެއް. އަދި އަޅުގަނޑަށް ދެވޭ އަނިޔާއެއް. ވީމާ މިފަދަ އެއްވެސް ކަމެއް ނުކުރުމަށް އެންމެހާ ބޭފުޅުންގެ އަރިހުން އަޅުގަނޑު ވަރަށް އާދޭހާއެކު ދަންނަވަން،" އަލީ ރަމީޒުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް އޭނާ ބުންޏެވެ.

އަދި އެކަމުގައި އެހީތެރިވެދިނުމަކީ މިއަދު ކުރާ ވަސީޔަތެއް ކަމަށް ވެސް ބުނެފައިވެ އެވެ. 

އެގޮތަށް އަލީ ރަމީޒު އެދުނުއިރު އޭނާގެ ލަވަތައް އަޑުއަހާ މީހުން މިއަދުވެސް ވަރަށް ގިނަޔެވެ. އަދި ޓީވީތަކުން ވެސް އޭނާގެ ލަވަތައް ގެނެސްދޭއިރު ވިޔަފާރީގެ އުސޫލުން ވެސް އޭނާގެ ލަވަތައް ދަނީ ބޭނުންކުރަމުންނެވެ. 

56%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް