ads
ފޮޓޯ: ޑީއާރްޕީ
ކޭބަލް ކާރު ހުޅުވަން ދައުވަތު އަރުވާނީ ރައީސް ނަޝީދަށް: ޖާބިރު
ކ. ކާށިދޫ އާއި ގާފަރާއި ދެމެދު އަޅާ ކޭބަލް ކާރު ހުޅުވުމަށް ދައުވަތު އަރުވާނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ކ. ކާށިދޫ އާއި ގާފަރާއި ދެމެދު އަޅާ ކޭބަލް ކާރު ހުޅުވުމަށް ދައުވަތު އަރުވާނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް ނަޝީދަކީ ރައްޔިތުންގެ ރައީސް ކަމަށެވެ.

"ކާށިދޫ ކޭބަލް ކާރު މިއަޅަނީ، އިއްޒަތްތެރި ރައީސަށް ފުރަތަމަ އެކޭބަލް ކާރު ހުޅުވަން އަޅުގަނޑު ދައުވަތު ދެން." ޖާބިރު ވިދާޅުވި އެވެ.

ކ. ކާށިދޫ އާއި ކ. ގާފަރު ކޭބަލް ކާރުން ގުޅާލުމުގެ ދިރާސާތައް މިމަހުގެ ތެރޭގައި ވަނީ ކޮށްފަ އެވެ. ކޭބަލް ކާރުން ކާށިދޫ އާއި ގާފަރު ގުޅާލުމުގެ މަސައްކަތް ދިރާސާކުރުމަށް އިޓަލީގެ އެންމެ ބޮޑު އެއް އިންޖިނިއަރިން ކުންފުނީގެ ރައީސް ވަނީ މިމަހުގެ ތެރޭގައި ކާށިދޫ އަދި ގާފަރަށް ވަޑައިގެންފަ އެވެ. އަދި އެބޭފުޅުން ވަނީ މަޖިލީހުގެ ރައީސް ނަޝީދާއި ބައްދަލުކުރައްވާ އެބޭފުޅުންނަށް ރާއްޖޭގައި ހިންގިދާނެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭގޮތުންވެސް މައުލޫމާތު އަރުވާފަ އެވެ.



ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވިއިރު ޖާބިރު ވިދާޅުވީ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ކޭބަލް ކާރަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. އެގޮތުން ކޭބަލް ކާރު ރާއްޖެއަށް ތައާރަފުކުރެވިއްޖެނަމަ އެއީ ބޮޑު އާމްދަނީއެއް ލިބޭނެ އެއްޗަކަށް ވާނެ ކަމަށް ޖާބިރު އޭރު ވިދާޅުވި އެވެ. ކާށިދޫ އާއި ގާފަރު ކޭބަލް ކާރުން ގުޅާލުމަކީ ޖާބިރު މަޖިލީހަށް ވާދަކުރެއްވި އިރު ވެވަޑައިގެންނެވި އެންމެ މުހިއްމު އެއް ވައުދެވެ އެވެ.

ކާށިދޫ އާއި ގާފަރު ގުޅާލާނަމަ އެ ދޭތެރޭގައި 24 ކިލޯމީޓަރުގެ ކޭބަލް އަޅަންޖެހެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް