
ސަރުކާރުން ވަނީ 4.5 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކުމަށް ހުޅުވާލާފައި - ފޮޓޯ:އަވަސް
ހަތަރު ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކުމަށް ހުޅުވާލައިފި
މުހައްމަދު އަތީފް
18 މޭ 2024 - 13:04:43
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 4.5 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ވިއްކުމަށް ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ވިއްކުމަށް ހުޅުވާލާފައިވަނީ ހަތަރު ޓީ-ބިލެކެވެ. އެ ގޮތުން އެ މިނިސްޓްރީން އިއުލާނުކޮށްފައި ވަނީ:
- 34 ދުވަހުން އަނބުރާ ދެއްކުމަށް - 1 ބިލިއަން ރުފިޔާގެ ޓީ-ބިލެއް
- 98 ދުވަހުން ދެއްކުމަށް - 50 މިލިއަން ރުފިޔާގެ ޓީ-ބިލެއް
- 182 ދުވަހުން ދެއްކުމަށް - 2.3 ބިލިއަން ރުފިޔާގެ ޓީ-ބިލެއް
- 364 ދުވަހުން ދެއްކުމަށް - 1.2 ބިލިއަން ރުފިޔާގެ ޓީ-ބިލެއް
އަންނަ ހޯމަ ދުވަހަކީ މި ބިލުތަކުގެ ސެޓްލްމަންޓް ދުވަސް ކަމުގައި ކަނޑައަޅާފައިވާއިރު، ޓީ-ބިލުތަކުގެ އިންޓްރަސްޓް ރޭޓް ހުރީ 3.50 އިންސައްތަ އާއި 4.60 އިންސައްތަ އާ ދެމެދުގަ އެވެ.
ޓީ-ބިލުތަކުގެ އިންޓްރަސްޓް ރޭޓް ހުރިގޮތް:
- 1 ބިލިއަން ރުފިޔާގެ ޓީ-ބިލް - 3.50 އިންސައްތަ
- 50 މިލިއަން ރުފިޔާގެ ޓީ-ބިލް - 3.87 އިންސައްތަ
- 2.3 ބިލިއަން ރުފިޔާގެ ޓީ-ބިލް - 4.23 އިންސައްތަ
- 1.2 ބިލިއަން ރުފިޔާގެ ޓީ-ބިލް - 4.60 އިންސައްތަ
އާންމު ގޮތެއްގައި ސަރުކާރުން ވިއްކާ ޓީ-ބިލުތައް ގަންނަނީ ޕެންޝަން ފަންޑުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ބައެއް ބޭންކުތަކުންނެވެ. އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީ-ބިލް ގަނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް