ދޫނިދޫގެ ގޮޅިތައް ތަޅާލިޔަސް ކުރިއަނިޔާ ހިތުން ނުފިލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކް (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.

Advertisement
ދޫނިދޫގެ ގޮޅިތައް ތަޅާލިޔަސް ކުރި އަނިޔާ ހިތުން ނުފިލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކް (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.
މޫސަ ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވެފައިވަނީ އިބްރަތަކަށްޓަކާ ނަމަވެސް އެއް ގޮޅި ތަޅާ ނުލާ ބެހެއްޓުމަށް އެދޭ ކަމަށެވެ.
"... ޑިމޮކްރަސީވެ އިއްތިހާދު ހެދިގެން ތާރީހުން ބައެއް ކަންކަން ފޮހެނުލައްވާ" މޫސަ ކުރެއްވި ޓްވީޓްގައިވެ އެވެ.
މޫސަ ވިދާޅުވީ، ދޫނިދޫ ގޮޅިތައް ވެސް ތަޅާލެވިދާނެ ކަމަށާއި އަދި ފެންނަން ހުރި އަނިޔާގެ ލިޔެކިޔުންތައް އަންދާވެސް ލެވިދާނެ ކަމަށެވެ.
"ކޮބާ މަޖިލިސް ރައީސް؟ ކޮބާ ކުއްލި މައްސަލަ؟ ޖެނެރާޓަރާއި އެކު ބިޑި އެޅި ހަނދާންތައް އިއްތިހާދުވެ މާޒީ ވީތޯ؟ ކޮބާ އެފްޕީއައިޑީ ފައިލް؟ މަޖިލީހުގަ އޮންނާނެ. އިންސާފު ކުރައްވާ!" މޫސަގެ ޓްވީޓްގައިވެ އެވެ.
މޫސަ އިތުރަށް ވިދާޅުވީ ދޫނިދޫ ރިސޯޓަކަށް ހެދިޔަސް މިޒަމާނުގައި އަނިޔާގެ ތާރީހް ފޮހެނުލެވޭނެ ކަމަށެވެ. އަދި އެ އަނިޔާގެ ތަފްސީލް ކޮންމެ މިނެޓެއް ވަކިން ލިޔެވިފައި ހުންނާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
"ދޫނިދޫ އާ ގޮޅިތަކާ، އަނދަގޮނޑިޔާ ބިޑިޔާ ފައިގަޖެހި ޗެއިންގަނޑާ ކީސްބިޑި ނައްތާލިޔަސް، ދެން ފެންނާނީ ހަޤީޤީ މަންޒަރުގެ ފިލްމެއް." މޫސަގެ ޓްވީޓްގައިވެ އެވެ.
މީގެ އިތުރުން މޫސަ ވިދާޅުވީ 2012 ފެބްރުއަރީ ހަތެއް އަދި އަށްވަނަ ދުވަހު ވެސް ކުރީ އަނިޔާ ކަމަށާއި، އެދުވަހު ތެޅީ މރަން ކަމަށެވެ.