ޑޭވިޑް ލެޓަމޭންގެ "މައި ނެކްސްޓް ގެސްޓް ނީޑްސް ނޯ އިންޓްރޮޑަކްޝަން" ގައި ވާހަކަ ދައްކަމުން ކިމް ބުނީ އޭނާ އާއި މުޅި އާއިލާ މިއަދު ބަޔަކަށް ވެފައި ތިބީ "ކީޕިން އަޕް ވިތް ދަ ކާޑޭޝަންސް" ރިއެލިޓީ ޝޯގެ ސަބަބުން ކަމަށެވެ.
އެކަމަކު ހަގީގަތުގައި އެ ޝޯގެ އެއް ސީޒަނުން ލިބޭ ފައިސާއަށް ވުރެ އިންސްޓަގްރާމުގައި އެންމެ ޕޯސްޓެއް ކޮށްލައިގެން ލިބޭ ފައިސާ ގިނަ ކަމަށް އޭނާ ބުންޏެވެ.
ބަޒްފީޑުން ލަފާކޮށްފައިވާ ގޮތުގައި ޝޯގެ ކޮންމެ ސީޒަނަކުން ކިމް އަށް މަދުވެގެން ހަތަރު މިލިއަން ޑޮލަރު ލިބެ އެވެ.