ads
ރަކީދޫ ބަނދަރު އެއްގަމު ތޮށި ލުމުގެ މަސައްކަތް./ ފޮޓޯ:އެމްޓީސީސީ
ރަކީދޫ ބަންދަރު ތަރައްގީ ކުރުމުގެ 58 އިންސައްތަ މަސައްކަތް ނިންމާލައިފި
ވ.ރަކީދޫ ބަނދަރު ތަރައްގީ ކުރުމުގެ 58 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ރަކީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ 50 އިންސައްތަ މިހާރު މުޅިން ނިންމާލެވިފައިވާކަމަށެވެ. 

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ރަކީދޫ ބަނދަރުގެ 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 156 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތްތައް ހިމެނެއެވެ. އަދި 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 429 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމުގެ މަސައްކަތްތާއި، ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. 

18.5 މިލިއަން ރުފިޔާގެ މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު އެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް