ރޭގެ މެޗުގައި ރޮނާލްޑޯއަށް ނުކުޅެވުނީ ކޮވިޑަށް ޕޮޒިޓިވްވެފައި ވާތީ އެވެ. ރޮނާލްޑޯ ނެތްތަން ފޫބައްދަން ރޭގެ މެޗުގައި ޔުވެންޓަސްގެ ކޯޗު އަންދްރޭ ޕިރްލޯ ބޭނުން ކުރީ އަލްވާރޯ މޮރާޓާއެވެ.
ޔުވެންޓަސް ހިމެނޭ ގްރޫޕުގެ އަނެއް މެޗުގައި ރޭ ބާސެލޯނާ ވަނީ ފަސޭހަ ކަމާއެކު ރަޝިޔާގެ ފެރެންސްވަރޯސްގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗު ބާސެލޯނާއިން ކާމިޔާބު ކުރީ ފަސް ލަނޑު އެއް ލަނޑުންނެވެ.