ads
ނޭޝަނަލް އާޓް ގެލަރީ-- ފޮޓޯ: ރާއްޖެ އެމްވީ
ހަރަކާތްތައް ބޭއްވުމަށް އާޓް ގެލެރީ ދޫކުރަން ފަށައިފި
ނޭޝަނަލް އާޓް ގެލަރީގެ ހަރަކާތްތައް އާ އާންމު ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންއާ އެއް ގޮތަށް ބާއްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އަހަރުގެ މާޗު 12 ވަނަ ދުވަހުން ފެށިގެން އާޓް ގެލަރީ އާއި އޮލިންޕަސް ދޫކުރުން އޮތީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

އެހެން ނަަމަވެސް މިހާރު އަލުން އެޗްޕީއޭގެ އާ އާއްމު ހާލަތުގައި ކަނޑައަޅާފައިވާ އުސޫލުތަކާއިއެކު އާޓް ގެލަރީގައި ހަރަކާތަތައް ބޭއްވޭ ގޮަތައް ހުޅުވާލަން ވަނީ ނިންމާފަ އެވެ.

ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް އިން ބުނީ އާއްމުކޮށްފައިވާ އެޗްޕީއޭ އިން އެކުލަވާލާ އާންމުކޮށްފައިވާ އުސޫލުތަކާ އެއް ގޮތަށް ނޭޝަނަލް އާޓް ގެލަރީގައި ހަރަކާތްތައް ބާއްވަން ބޭނުން ފަރާތްތަކަށް މިއަދުން ފެށިގެން އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ނޭޝަނަލް އާޓް ގެލަރީގައި ހަރަކާތް ބާއްވަން ބޭނުންވާ ފަރާތްތަކުން ޖެހޭނީ އެކަމަށް އެދޭ ފޯމު ހުށަހަޅާށެވެ. ނޭޝަނަލް ސެންޓާ ފޯ ދި އާޓްސްގެ ރިސެޕްޝަނުން އަދި ވެބްސައިޓުން އެ ފޯމު ލިބެން ހުންނާނެ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް