ފުލުހުން ބުނީ ރޭ ދަންވަރު ދެ ބައެއްގެ ދެމެދުގައި ހިންގި މާރާމާރީގައި ދެ މީހަކަށް އަނިޔާވި ކަމަށެވެ. އެމީހުންނަށް ފަރުވާ ދީފައި ވަނީ ރަތަފަންދޫ ސިއްހީ މަރުކަޒާއި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގަ އެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ދަންވަރު 02:30 ހާއިރެވެ. އެ މައްސަލައާ ގުޅިގެން އުމުރުން 21 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.