ads
މީރާ އާއި ޝާހިދު
މީރާ ރެސްޓޯރެންޓެއް ހުޅުވަނީ
ބޮލީވުޑުގެ ބަތަލު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖުޕުތު ރެސްޓޯރެންޓެއް ހުޅުވަން އުޅޭކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
ބޮލީވުޑުގެ ބަތަލު ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖުޕުތު ރެސްޓޯރަންޓެއް ހުޅުވަން އުޅޭކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

ނޫސްތަކުން ބުނާ ގޮތުގައި މީރާ ވަނީ ރެސްޓޯރެންޓެއް ހުޅުވަން އުޅޭ ކަމުގެ އިޝާރާތެއް ދީފަ އެވެ. އެގޮތުން އޭނާ އަންނަނީ ރެސްޓޯރެންޓު ހިންގާނެ ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް ނޫސްތަކުން ބުނެ އެވެ.

މީގެއިތުރުން ޝެފެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ނޫސްތަކުން ބުނެ އެވެ. ނަމަވެސް މިކަމުގައި މީރާ އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މީރާ އަކީ ފިލްމީ ތަރިއެއް ނޫން ނަމަވެސް އޭނާ އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަރާތެކެވެ. އެގޮތުން އޭނާ ވަނީ އިޝްތިހާރަކުން ވެސް ފެނިގެން ގޮސްފަ އެވެ.

މީރާ އާއި ޝާހިދު ކައިވެނިކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ.

މީރާ، ޝާހިދުއާ ކައިވެނި ކުރީ އޭނާގެ މައިންބަފައިން އެދޭތީ އެވެ. އެމީހުންގެ ކައިވެންޏަށް ފުރަތަމަ ދަރިފުޅު މީޝާ ކަޕޫރު ލިބުނީ 2016 ވަނަ އަހަރު އެވެ. އަދި ދެވަނަ ދަރިފުޅު ޒައިން ލިބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް