ads
ބެންކޮކްގެ މަގުތަކުގައި ތިބި މުޒާހަރާގެ ބައިވެރިން. ފޮޓޯ: ވޮއިސް އޮފް އެމެރިކާ
ބެންކޮކްގައި މުޒާހަރާތައް އަދިވެސް ކުރިއަށް، ކުއްލި ހާލަތު އުވާލަން ގޮވާލައިފި!
ޖެހިޖެހިގެން އަށްވަނަ ދުވަހު ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ މަގުތަކުގައި ގިނަ ބަޔަކު މުޒާހަރާކޮށްފި އެވެ.

ބެންކޮކްގައި ސިލްސިލާކޮށް މުޒާހަރާތައް ކުރިއަށް ދަނީ އެ ގައުމުގައި މުޒާހަރާ ކުރާ ފަރާތްތަކާއި ދެކޮޅަށް ކުއްލި ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މުޒާހަރާގެ ބައިވެރިން ދަނީ ބޮޑުވަޒީރު ޕްރަޔުތް ޗަން-އޯޗާ މަގާމުން އިސްތިއުފާ ދިނުމަށާއި، ރަސްކަމުގެ އުސޫލުތަކަށް ބަދަލު ގެނައުމަށް ގޮވާލަމުންނެވެ. މީގެ އިތުރުން މިއަދު މުޒާހަރާގެ ބައިވެރިން ވަނީ މިދިއަ ހަފްތާގައި އިއުލާންކޮށްފައިވާ ކުއްލި ހާލަތު އުވާލުމަށް ގޮވާލައި މަގުތަކުގައި އަޑު އުފުލާފައެވެ.

މިއަދު ބެންކޮކްގެ މަގުތަކުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރަމުން ދަނިކޮށް ތައިލޭންޑްގެ ޝާހީ އާއިލާއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ބެންކޮކްގެ ޔުނިވާސިޓީއެއްގައި އެއްވުމެއް ބާއްވާފައެވެ.

ވަކި ހިސާބަކުން ބެންކޮކްގެ މަގުތަކުގައި އިދިކޮޅު ފަރާތްތަކާއި ޝާހީ އާއިލާއަށް ތާއީދުކުރާ ފަރާތްތަކާއި ދެމެދު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ހިނގައިފައެވެ.

ފުލުހުން ދަނީ ތައިލޭންޑްގައި ކުރިއަށްދާ މުޒާހަރާތައް ހުއްޓުވުމަށްޓަކައި މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރަމުންދާ މީހުންގެ އަދަދު ކޮންމެ ދުވަހަކު އިތުރުވާކަން ފާހަގަވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް