ads
ޑަސްބިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެޗްޑީސީ
ޕްލާސްޓިކް ކުނި އުކާލަން ހުޅުމާލޭ ބީޗް ސަރަހައްދުގައި ޑަސްބިން ބަހައްޓައިފި
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އިން ހުޅުމާލޭ ބީޗްގެ ތިން ސަރަހައްދެއްގައި ޕްލާސްޓިކް ކުނި އުކާލަން ހާއްސަ ޑަސްބިންތަކެއް ބަހައްޓައިފި އެވެ.

ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ ޕާލޭ މޯލްޑިވްސްއާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ދަށުން، އެޗްޑީސީ އިން ވަނީ މިއަދު ހުޅުމާލޭ ބީޗްގެ ތިން ސަރަހައްދެއްގައި ޕްލާސްޓިކް ކުނި އުކާލަން ހާއްސަ ޑަސްބިންތަކެއް ބަހައްޓައިފައެވެ. އެއީ ނެއިބަހުޑް 1 (ކިކްސް ކެފޭ ކުރިމަތި)، ނެއިބަހުޑް 2 (ސްޕައިސް ކެފޭ ކުރިމަތި)، އަދި ނެއިބަހުޑް 3 (ރިވެތި ބީޗް ގެސްޓްހައުސް) ގައެވެ.

މި ޑަސްބިންތައް ބެހެއްޓުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުހައިލް ވަނީ ފަރުދީ ޒިންމާ އަދާކުރެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ. 

މީގެ އިތުރުން ގޮނޑުދޮށަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިންތަކަށް ކުނި އެޅުމަށާއި، އެއްފަހަރު ބޭނުންކޮށްފައިވާ އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް އިލްތިމާސް ކުރައްވާފައިވެ އެވެ. 

ހުޅުމާލޭގައި އާންމުން ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށާއި، އާންމުން ތިމާވެއްޓަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމުގެ މަގްސަދުގައި ދާދިފަހުން އެޗްޑީސީ އިން ވަނީ ޕާލޭ މޯލްޑިވްސްއާއެކު ފަހުމްނާމާއެއްގައި ސޮއިކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް