ads
އެންޓިބޮޑީ ޓެސްޓް ހަދަނީ--
ރެންޑަމްކޮށް ބޮޑެތި މީހުންގެ އެންޓިބޮޑީ ޓެސްޓް ހަދަން ފަށަނީ
މުޖުތަމައުގެ ތެރޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ހަދަން ފަށާފައިވާ އެންޓިބޮޑީ ޓެސްޓްގައި އުމުރުން 18 އަހަރުން މަތީގެ މީހުން ބައިވެރިކުރުމުގެ މަރުހަލާ ފަށަން ތައްޔާރުވެއްޖެ އެވެ.

ހެލްތު އިމަަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މުޖުތަމައުގައި ބަލި ފެތުރިފައިވާ މިންވަރު ބެލުމަށް ފެށި އެންޓިބޮޑީ ޓެސްޓް އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ މެދުގައި ހަދާއި ނިމިފައިވާ ކަމަށެވެ. އެ ޓެސްޓް އެންމެ ފުރަތަމަ ފެށި އުމުރުފުރާއަކީ އެއީ އެވެ. 

ޑރ. އަފްޒަލް ވިދާޅުވީ އުމުރުން 18 އަހަރުން މަތީގެ އުމުރުފުރާގެ އެ ޓެސްޓް ހެދުމަށް ހަމަޖެހިފައި ވަނީ ރެންޑަމް ސާމްޕަލަކުން ނަމެއް ކަނޑައެޅުން ކަމަށެވެ. އެގޮތުން އެ މީހަކަށް މެސެޖެއް ކުރާނެ ކަމަށާއި އަދި ސާވޭގައި ބައިވެރިވާން ބޭނުންވާނަމަ، ސާމްޕަލް ދިނުމަށް ހަމަޖެހިފައިވާ ތަނަށް ދިއުމަށް ވަނީ އެދިފަ އެވެ. 

އަދި އެ ސާމްޕަލް ނަގާނީ ހަވީރު ހަތަރަކުން ރޭގަނޑު ހަތަކަށް ކަމަށެވެ. ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި ސާމްޕަލް ނެގުމަށް މާލޭގައި ނަމަ ދާންޖެހޭނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ނުވަތަ ފެކަލްޓީ އޮފް އެޑިއުކޭޝަނަށެވެ. އަދި ހުޅުމާލޭގައިނަމަ ޖެންސް ޕްރީ ސްކޫލު އަދި ވިލިމާލޭގައި ނަމަ އެ ރަށުގެ ހޮސްޕިޓަލުކަމަށެވެ. 

އެންޓިބޮޑީ ޓެސްޓް ހަދަމުންދަނީ ރާއްޖޭގައި ކޮވިޑަށް ހުށަހެޅިފައިވާ އާބާދީގެ އިންސައްތަ ދެނެގަތުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް