ads
ކުޅުދުއްފުށި ބަނދަރުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެމްޓީސީސީ
ހދ. ކުޅުދުއްފުށި ބަނދަރު މަޝްރޫއު މި މަހު ނިންމާލަނީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ ހދ. ކުޅުދުއްފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކޮށްފި އެވެ.

އެމްޓީސީސީން މިއަދު މައުލޫމާތު ދިން ގޮތުގައި އެ މަސައްކަތުގެ ތެރޭގައި ހިމެނޭ ބަނދަރު ބޮޑުކުރުމުގެ ބައިގެ ގާތްގަނޑަކަށް 98 ޕަސަންޓު މަސައްކަތް މިހާރު ވަނީ ނިންމާލާފަ އެވެ. 

އޭގެ އިތުރުން ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތުގެ 30 ޕަސަންޓު ވެސް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ. މި މަޝްރޫއު މި މަހު ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާ ކުރެ އެވެ. 

މި މަޝްރޫއުގެ ދަށުން 236،844 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކޮށް، 24،450 ކިޔުބިކް މީޓަރުގެ ސަރަހައްދެެއްގެ ބިން ހިއްކައި، 1،000 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ކޮންކްރީޓުގެ މަސައްކަތް އެމްޓީސީސީއަށް ކުރަން ޖެހެ އެވެ. އަދި އެއްގަމު ތޮށި ހިމެނޭ ސަރަހައްދުގެ ބިންގަނޑު އެއްވަރުކޮށް ގާ އަތުރާ، ކާނުގަނޑުގެ މަތި އެޅުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރާނެ އެވެ. 

ޖުމްލަ 129.5 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ފެށީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް