ކޮމަންޑޫ ބަނދަރުގެ 89 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، އެ ބަނދަރުގައި ކާބްލައިން އެޅުމުގެ މަސައްކަތުގެ 79 އިންސައްތަ، އަދި ޕޭމަންޓުގައި ކޮންކްރީޓް އެޅުމުގެ ދެބައި ކޮށްފައި އެއްބައި މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ.
އެ މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި 14،371 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 35،348 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ހަދާ ބަނދަރުގެ ފަޅު އަލުން ފުންކޮށް، 190 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން ހިމެނެއެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. މި މަޝްރޫއަށް ޖުމްލަ 29.41 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ވަނީ މީގެ ކުރިން ބުނެފައެވެ.