ads
މައިކޮލެޖް--
މައިކޮލެޖްގެ އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގެ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި
މައިކޮލެޖްގެ އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގައި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

މައިކޮލެޖްގެ ޖެނުއަރީ އިންޓޭކް ހުޅުވާލުމަށް އޯޕަންޑޭ ވަނީ މިމުގެ 20 ދުވަހު ބާއްވާފަ އެވެ. ޖެނުއަރީ އިންޓޭކް ތެރޭގައި ގިނަ ދާއިރާތަކަކުން މުހިންމު ކޯސްތަކަކަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި އިންޓޭކްގައި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ޑިސެމްބަރު 25 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ސީއެންއެމްގެ އިސްކަން ޕްރޮގްރާމްގައި ވާހަކަދައްވަމުން މައިކޮލެޖްގެ ރެކްޓާ ލަމްޔާ އަބްދުލް ހާދީ ވިދާޅުވީ، އޯލެވެލް ނިންމާ މަތީ ތައުލީމަށް ދިއުމަށް ބޭނުންވާ ކުދިންނަށްވެސް ފަސޭހައިން ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު އޮތް ކަން ލަމްޔާ ފާހަގަކުރެއްވިއެވެ. ލަމްޔާ ވިދާޅުވީ އޯލެވެލްއިން ރަނގަޅު ނަތީޖާއެއް ނުލިބުނު ކަމުގައި ވިޔަސް އެކުދިންނަށްވެސް ފުރުސަތު އެބަ އޮތް ކަމަށެވެ.

"އޯލެވެލްއިން އަދި ރަނގަޅު ނަތީޖާއެއް ނުލިބުނު ކަމުގައި ވިޔަސް އެކުދިންނަށްވެސް ފުރުސަތު އެބައޮތް އަޅުގަނޑުމެންގެ ޕާތްވޭ ތެރެއިން. އޯލެވެލް ނަހަދާ ކުދިންނަށް ގުރޭޑް ހައެއް ނިންމާފަ ކަމަުގައި ވާނަމަ އެބަދެވޭ ސެޓްފިކެޓް ތިނެއްގެ ޕްރޮގްރާމަކަށް. ސެޓްފިކެޓް ތިނެއްގެ ޕްރޮގްރާމަކީ ހަމަސް ދުވަހުގެ ޕްރޮގްރާމެއް. އެހެންވީމަ އެ ސެޓްފިކެޓް ނިންމީމަ އެކުއްޖާ އެބަ ކޮލިފައިވޭ ލެވެލް ހަތަރަކަށް. ލެވެލް ހަތަރެއް އެއް އަހަރު ދުވަހުން ނިންމާފަ އެކުއްޖާއަށް އެބަދެވޭ ޑިގްރީ ޕްރޮގްރާމަކަށް. ދެން އޭލެވެލް ނިންމާފަ ހުންނަ ކުދިންނަށް ޑައިރެކްޓްކޮށް ވަދެވޭނެ ޑިގްރީ ޕްރޮގުރާމަށް" ލަމްޔާ ވިދާޅުވިއެވެ.

ލަމްޔާ އިތުރަށް ވިދާޅުވީ މައިކޮލަޖްއަކީ ދަރިވަރުންގެ ކޮލެޖެއްކަމަށާއި ދަރިވަރުންނާއި ވަރަށް ކައިރިން މަސައްކަތް ކުރާ ކުދިންގެ އަޑު އަހާ ކޮލެޖެއްކަމަށެވެ.  

your imageމައި ކޮލެޖް--

މައިކޮލެޖް ޖުމުލަ ހަތަރު ފެކަލްޓީއެއް ހުންނައިރު ލެވެލް ތިނަކުން ފެށިގެން ލެވަލް ނުވަޔަކައި ހަަމަޔަށް އެކި ދާއިރާތަކުން އެކި ކޯސްތައް ހެދުުމުގެ ފުރުސަތު ކުދިންނަށް ފަހިކޮށްދީފައިވެ އެވެ. މައިކޮލެޖްއިން ބުނީ އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ 20 އޮކްޓޫބަރުން ފެށިގެން ޑިސެމްބަރު 25 އާއި ހަމަޔަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް