ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މެތިއު--
މެތިއުގެ "ގްރީންލައިޓް" ގައި ކުޑައިރު ދިމާވި ޖިންސީ ގޯނާގެ ވާހާކަތައް ހިއްސާކޮށްފި
ހޮލީވުޑުގެ ތަރި މެތިއު މެކްކަނަގީ ދިރިއުޅުމުގެ މައްޗަށް ލިޔެފައިވާ ފޮތް "ގްރީންލައިޓް" ގައި އޭނާއަށް ކުޑައިރު ދިމާވި ޖިންސީ ގޯނާގެ ވާހާކަތައް ހިއްސާކޮށްފި އެވެ.
Advertisement

އެ ފޮތް ފަށަމުން މެތިއު ވަނީ އޭނާއާ ގުޅޭ ބައެއް ކަންކަން ސާފުކޮށްދީފަ އެވެ. އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ހިމަނާފައި ވަނީ ކުޑައިރު ޖިންސީ ގޯނާ ލިބިފައިވާ ކަމެވެ.

އެގޮތުން ފުރާވަރު އުމުރުގައި ބްލެކްމެއިލް ކުރުމާއި ބިރުދެއްކުން ފަދަ އެތައް ކަމަކާ ދިމާވެ، ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކަމަށާއި އެކަމުގެ ސަބަބުން ބިރު ގަތް ކަމަށް އޭނާ ލިޔެފައި ވެއެވެ. 

އެކަންކަމުގެ މާ ބައިވަރު ތަފްސީލެއް މެތިއު ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އޭނާ ބުނީ ޖިންސީ އަނިޔާ ލިބުނު "ވިކްޓިމް" އެއްގެ ގޮތުގައި އޭނާގެ އަމިއްލަ ނަފްސާ މެދު ވިސްނާފައި ނުވާނެ ކަމަށެވެ. 

ކުޑައިރުގެ އެކި ވާހަކަތަކުގެ އިތުރުން މެތިއުގެ މަންމަ އާއި ބައްޕަގެ ގުޅުމާއި، މެތިއު އާއި ކެމީލާ އަލްވޭސްގެ ކައިވެންޏާއި ކަންކަމާ މެދު މެތިއު ދެކޭ ގޮތް ވެސް ފޮތުގައި ހިއްސާކޮށްފައި ވެއެވެ.

ކެމީލާ އާއި މެތިއު ކައިވެނި ކުރީ 2012 ވަނަ އަހަރު އެވެ. އެމީހުންނަށް ތިން ކުދިން ލިބިފައި ވެއެވެ. އުމުރުން 50 އަހަރުގެ މެތިއު އަކީ "ޑެލަސް ބަޔާޒް ކްލަބް" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިފައިވާ ތަރި އެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް