ads
ކަރީނާ އާއި ސައިފްގެ ކުރީގެ އަންހެނުން ދުވަހަކުވެސް ދިމާ ނުވޭ!
ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރަކީ ބޮލީވުޑުގެ ލޯބި އެއް ޖޯޑެވެ. ދުވަސްކޮޅަކު ރައްޓެވިވެގެން އުޅުމަށް ފަހު 2012 ވަނަ އަހަރުގެ ތެރޭގައި މި ދެތަރިން ކައިވެނިކުރިއިރު އެމީހުންގެ ކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކު ވެސް ލިބިފަ އެވެ. އަނެއްކާ ވެސް ކަރީނާ އިނީ އެމީހުންގެ އެހެން ދަރިއަކަށް ބަލިވެ އެވެ.

މިހުރިހާ ކަމެއްވުމުގެ ކުރިން ސައިފް އާއި އަމްރިތާ ސިންގް ވެސް ކައިވެނިކުރި އެވެ. 1991 ވަނަ އަހަރު އެމީހުން ކައިވެނިކުރިއިރު ވަކިވީ 2004 ވަނަ އަހަރެވެ. އަމްރިތާއާ ގުޅިގެން ސުވާލުކުރުމުން ކަރީނާ ވަނީ މީގެ ކުރީގެ އިންޓަވިއުއެއްގައި ދުވަހަކު ވެސް އަމްރިތާއާ ބައްދަލުނުވާ ކަމަށް ބުނެފަ އެވެ. 

އެކަން ހާމަކުރީ ކޮފީ ވިތު ކަރަން ސީޒަން ހައެއްގެ ތެރެއިންނެވެ.

އަމްރިތާއާ ދުވަހު ބައްދަލުނުވިޔަސް ކަރީނާ އަންނަނީ ސައިފްގެ ފުރަތަމަ ކައިވެންޏަށް ލިބުނު އިބްރާހީމް އާއި ސާރާއަށް ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ. 

އެ ޝޯގައި ސައިފް ބުނާ ގޮތުގައި ނަމަ ކަރީނާއާ ކައިވެނިކުރުމުގެ ކުރިން އަމްރިތާއަށް ސިޓީއެއް ވެސް ލިޔުނެވެ. އަދި އެ ސިޓީ ލިޔުނީ ކަރީނާގެ ހުއްދައާއެކު ކަމަށް ވެސް ބުންޏެވެ. 

ސައިފް ވެސް އޭނާގެ ދެ ދަރިންނާއެކު އޮންނަ ގުޅުން ރަނގަޅެވެ.  ސައިފްއާ ވަރިވި ފަހުން އަމްރިތާ އެއްވެސް މީހަކާއި ކައިވެނިކޮށްފައެއް ނުވެ އެވެ. 

36%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް