ads
ނަދާލް ގޮލްފު ކުޅެނީ--
ނަޑާލް ޕްރޮފެޝަނަލް ގޮލްފު މުބާރާތެއްގައި ކުޅެނީ
ގްރޭންޑް ސްލޭމް ވިހި މުބާރާތް ކާމިޔާބުކޮށްފައިވާ ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް، ޕްރޮފެޝަނަލް ގޮލްފު މުބާރާތެއްގައި ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހޮނިހިރު ދުވަހު ސްޕެއިންގައި ފަށާ ގޮލްފު މުބާރާތެއްގައި ނަޑާލް ވާދަކުރާނެ އެވެ. މި ހިނގާ އޮކްޓޫބަރު މަހުގެ ކުރީކޮޅު، ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށް ވިހި ވަނަ ގްރޭންޑް ސްލޭމް ހޯދި ނަޑާލްއަކީ ކުރިން ވެސް ކޮންމެވެސް ވަރަކަށް ގޮލްފު ކުޅެ އުޅޭ އެތްލީޓެކެވެ. 

ސްޕެއިންގެ މަޔޯކާގައި ހޮނިހިރު ދުވަހު ފަށާ ބެލަރިކް ޗެމްޕިއަންޝިޕްގައި ނަޑާލް ވާދަކުރާއިރު މި މުބާރާތުގައި މަދުވެގެން ފަސްދޮޅަސް ގޮލްފު ކުޅުންތެރިން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ޕްރޮފެޝަނަލް ގޮލްފު ކުޅުންތެރިންނާއި އެމޭޗަ ކުޅުންތެރިން ވެސް ހިމެނެ އެވެ.

މި މަހުގެ ކުރީކޮޅު ނަޑާލް ވަނީ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން 13 ވަނަ ފަހަރަށް ހޯދާފަ އެވެ. އެ މުބާރާތް ނަޑާލް ކާމިޔާބު ކުރީ ވާދަވެރި ޖޮވޮކިޗް ބަލިކޮށްގެނެވެ. ނަޑާލްއަކީ ފޯބްސް މެގަޒިންއިން ހޮވާ ދުނިޔޭގެ އެންމެ މުއްސަނދި އެތްލީޓުންގެ ތެރޭގައި ވެސް ހިމެނޭ އެތްލީޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް