ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އައްޑޫ ފްލޯޓިން ވޯޓާ ޕާކަށް އާންމުންގެ ހިޔާލު ހޯދަނީ
އައްޑޫސިޓީ ހިތަދޫގައި ގާއިމުކުރަން ނިންމާފައިވާ ފްލޯޓިން ވޯޓާ ތީމް ޕާކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އައްޑޫސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލައިފިއެވެ.
Advertisement

މި މަޝްރޫއުގެ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ގެ ދަށުން ކުރިއަށްގެންދާ މި ހިޔާލު ހޯދުން އޮންލައިންކޮށް ހުޅުވާލާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ފްލޯޓިން ވޯޓާ ތީމް ޕާކް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސިޓީ ސްކެއާ ހިމެނޭ ސަރަހައްދުގައެވެ. ކައުންސިލުން ބުނިގޮތުގައި މި ހިޔާލު ހޯދުމުގައި އާންމުންނަށް މި މަޝްރޫއުގެ ސަބަބުން ކުރާނެ ފައިދާތަކާއި، އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް މި މަޝްރޫއުގެ ސަބަބުން ކޮށްފާނެ އަސަރުތަކާ ބެހޭގޮތުން ހިޔާލު ހޯދުމަށް ނިންމާފައިވެއެވެ.

ކައުންސިލުން މި ފުރުސަތުގައި ހުރިހާ އުމުރުފުރައެއްގެ މީހުންގެ ހިޔާލު ހޯދާނެ ކަމަށާއި، އަދި މި މަޝްރޫއާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ އެފަދަ ޝަކުވާތައް ވެސް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށް ބުންޏެވެ. މި ޕާކަކީ އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެހީވެދޭނެ ތަރައްގީއެއްގެ ގޮތުގައި ބެލެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް